ހަމުގެ މައްސަލަތައް ދިމާވޭތަ؟ ޑރ. ނިޝާ ކިޔައިދިނީ ހައްލުތައް

ޑރ. ނިޝާ ----

އެކްނީއޭ ނުވަތަ އެކްޒިމާއޭ ބުނުމަކުން ދިވެހީންނަށް މިހާރު ނޭނގިއެއް ނުހުންނާނެއެވެ. އޭގެތެރެއިން ވެސް އެންމެ ކަންބޮޑުވާ ކަމަށް ފާހަގަވަނީ ފުރާވަރުގެ އަންހެން ކުދިންނާއި އަންހެނުންނެވެ. އަބަދުވެސް އުޅޭނީ މޫނު މަތިން ތަނެއް ރަތްވެގެން ނުވަތަ ބިހި ނަގާތީއެވެ. ހަދަންވީ ގޮތެއް ނޭނގިގެންނެވެ. ރަނގަޅު ވޭތޯ އެތައް ކަމެއް ކުރާނެއެވެ.

އީވް ކްލިނިކްގައި މަސައްކަތް ކުރާ ޑާމަޓޮލޮޖިސްޓް ޑރ. ނިޝާ ކޭސީ މިފަހަރު ކިޔައިދެއްވީ މިފަދަ ހަމުގެ މައްސަލަތައް ދިމާވާ މީހުން އަމަލު ކުރަންވީ ގޮތެވެ.

އެކްޒިމާއާއި ހަމުގެ މައްސަލަތައް ދިމާވަނީ ކީއްވެ؟

ރާއްޖޭގައި މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ޑރ. ނިޝާ ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތައް ދިމާވުމުގައި އެންމެ ބޮޑު ރޯލެއް ކުޅެނީ ދިރިއުޅުމުގައި ގެންގުޅޭ އާދަތަކެވެ. އަދި، ހޫނު ގަދަވެ، ހަންގަނޑު ހިކުމުގެ ސަބަބުން ވެސް މިފަދަ މައްސަލަތައް ކުރިމަތިވާން މަގުފަހިވެއެވެ. ހަންގަނޑު ހިކޭ ވާހަކަ ދައްކާއިރު، ފެންވެރުމުގައި ބޭނުންކުރެވޭ ސައިބޯނީގެ ސަބަބުން ވެސް ހަންގަނޑު ހިކެއެވެ.

އެކްނީގެ މައްސަލަތައް، އެ މީހަކު ބޭނުންކުރާ މޭކަޕުގެ ސަބަބުން ވެސް ދިމާވެއެވެ.

ދިވެހީންގެ ތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް އެންމެ އާންމު ހަމުގެ އެއް މައްސަލައަކީ އެގްޒިމާއެވެ.

ނިޝާ ވިދާޅުވީ، އެ މައްސަލަ ޖެހެނީ އެކި ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ، އާއިލާ މީހެއްގެ އެފަދަ ހަމުގެ މައްސަލައެއް ހުރުމުން އެބަލި ވާރުތަކުރުމެވެ.

ސްކިން ބެރިއާއަށް ގެއްލުންވުން ނުވަތަ ހަމުގައި ތެތްކަން ނުހުރުމުގެ ސަބަބުން ހަންގަނޑު ހިކިގެންނާއި، ސްޓެރްސް ވެގެން ވެސް އެބަލި ޖެހެން މަގުފަހިވެއެވެ.

އެކްޒިމާ ހައްލު ކުރަން ހަދަންވީ ކިހިނެއް؟

ގިނަ ފަހަރަށް ހަމުގެ މައްސަލަތައް ދިމާވުމުން އަމަލު ކުރަންވީ ގޮތް ގިނަ މީހުންނަކަށް ނޭނގެއެވެ. ބޭނުން އެއްޗެއް ހާކައިގެން އިތުރަށް އެތަނަކަށް ނުރަނގަޅު އަސަރު ކުރުން ވެސް އެކަށީގެންވެއެވެ.

އެގޮތުން، އެކްޒިމާގެ މައްސަލަ ހުންނަ މީހުން ގިނައިރު ވަންދެން ފެންނުވެރުމަށް ޑރ. ނިޝާ އިރުޝާދުދެއްވިއެވެ. އެފަދަ މީހުން ވޫލްގެ ބަދަލުގައި ކޮޓޮން ހެދުން ބޭނުން ކުރުމަށް އޭނާ ލަފާދެއްވިއެވެ.

"ގިނައިރު ވަންދެން ފެންވެރުން ރަނގަޅެއް ނޫން. އެކަމުގެ ސަބަބުން ހަންގަނޑުގައި ހުންނަ ތެތްކަން ދަށްވޭ. ރަނގަޅީ ފިނި ފެން ބޭނުންކުރުން. ހޫނު ފެނެއް ނޫން. ފެންވަރާ ނިމިގެން މޮއިސްޗްރައިޒާއެއް ބޭނުންކުރަން ވާނެ. އޭރުން ހަންގަނޑު ގިނައިރު މޮއިސްޗްރައިޒް ވެފައި ހުންނާނީ،" ޑރ. ނިޝާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކުރެވިދާނެ ކަންކަން:

  • ހިއުމިޑިފައާއެއް ބޭނުންކުރުން
  • އެންޓިއޮކްސިޑިޓަންސް ގިނައިން ހުންނަ ކާއެއްޗެހި ބޭނުންކުރުން (މިސާލަކަށް އެކި ބާވަތުގެ ބެރީސްއާއި ފެހިކަން ގަދަ ފަތްޕިލާވެލި)

ހަންގަނޑުގެ ތެތްކަން ހިފަހައްޓާއިރު، ރަނގަޅު މޮއިސްޗަރައިޒާއެއް ބޭނުންކުރުމަކީ ވެސް އެހާ މުހިންމު ކަމެކެވެ. އެގޮތުން، މޮއިސްޗްރައިޒާ ވާންޖެހޭނީ އެއްވެސް ވަހެއް ނުވަތަ 'ސަލްފޭޓެއް' ނުހުންނަ އެއްޗަކަށެވެ.

މޮއިސްޗަރައިޒާއެއް ގަންނައިރު، ޝިއާ ބަޓާ، ހައިރަލޯނިކް އެސިޑް ހުރުން މުހިންމެވެ. އަދި، ވެސްލިން ވެސް ބޭނުންކުރެވިދާނެއެވެ.

އާންމުކޮށް ހަމުގެ މައްސަލައެއް ދިމާވެއްޖެނަމަ، ގިނަ މީހުންނަށް ބެލެނީ ގޭގައި އެކަމަށް ކުރާ ފަރުވާއެކެވެ. އެކަމަކު، އެއީ އެކަމަށް އޮތް ހައްލެއް ނޫނެވެ. ޑރ. ނިޝާ ވިދާޅުވީ، އެފަދަ މައްސަލައެއް ދިމާވާނަމަ ފުރަތަމަ ހޯދަން ޖެހެނީ އެކަމަށް ޚާއްސަ ޑޮކްޓަރެއްގެ ލަފާ ކަމަށެވެ.

ހަމުގެ ވާހަކަތައް ދައްކާއިރު، އެކަމާ ގުޅޭ ޚިދުމަތްތައް ލިބޭ ތަނެއް އެނގުން ވެސް މުހިންމެވެ. އީވް ކްލިނިކުގައި ޑރ. ނިޝާ ޚިދުމަތް ދެއްވާއިރު، އެޕޮއިންޓުމަންޓު ހެދުމަށް ގުޅާނީ 7280788 ނުވަތަ 790078އަށެވެ.

އީވް ކްލިނިކުން ފޯރުކޮށްދޭ އެހެން ބައެއް ޚިދުމަތްތައް:

  • ލޭޒާ ހެއާ ރިމޫވަލް ޓްރީޓްމަންޓް
  • ކެމިކަލް ޕީލިން
  • މައިކްރޯ ނީޑްލިން ޓްރީމަންޓް
  • ޕީއާރްޕީ ޓްރީމަންޓް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު