މިލަންދޫ ފުލުހުންގެ އެކައުންޓަށް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ: މިލަންދޫ ފުލުހުންގެ އެކައުންޓަށް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ތަހުގީގުކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި މައްސަލަ ފެންމަތިވުމާ އެކު އެ ފުލުހުން މާލެ ގެނެސް މައްސަލަ ތަހުގީގުކުރަން ފަށާފައި ވާކަމަށެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން މި މައްސަލައިގައި ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދާއި މި މައްސަލައިގައި މާލެ ގެނައީ ކިތައް ފުލުހުންކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި ފައިސާ އެ ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ފުލުހުންގެ ކެއުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތުންނެވެ.

comment ކޮމެންޓް