ހުޅުމާލެ އެންސިސް ގުދަނުގައި އަލިފާން ރޯވެއްޖެ

ރޯވެފައިވާ އެންސިސްގެ ގުދަން -- ސަން ފޮޓޯ

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ބެލެވެނީ އަލިފާން ރޯވެފައިވަނީ ގުދަން ހުންނަ ތިންވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ފުރާޅުން ދުން އަރަމުން އަންނައިރު، އަލިފާން ހުޅުގަނޑު މާ ބޮޑަކަށް ބޭރަށް ނުފެންނަ ކަމަށް ބުންޏެވެ.

ރޯވެފައިވާ އެންސިސްގެ ގުދަނުގެ ތެރެއިން މުވައްޒަފުން ނިކުންނަނީ -- ސަން ފޮޓޯ

ނަމަވެސް އަދިވެސް ހުޅުގަނޑު ކޮންޓްރޯލު ނުކުރެވި އަނދަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ ގުދަނުގައި ހުރި ހުޅު ހިފާފާނެ ޒާތުގެ އިތުރު އެއްޗެހި ތަނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރޯވެ އަނދަމުން އަންނަ ގުދަނުގެ ތިރީބައިގައި ބޭނުންކުރަނީ މަސް ފިނިކޮށް، ރައްކާކުރުމަށެވެ.

comment ކޮމެންޓް