ސީޕީ ނަވީން ސިންގަޕޫރުގެ ސީޕީއާ ބައްދަލުކުރައްވައި، ޓްރެއިނިން ޕްރޮގްރާމްތަކާ ގުޅޭ މަޝްވަރާތައް ކުރައްވައިފި

ސީޕީ ނަވީން ސިންގަޕޫރުގެ ސީޕީ ހޫންގް ވީ ޓެކްއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ފުލުހުން

ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން، ސިންގަޕޫރުގެ ޕޮލިސް ކޮމިޝަނަރު ހޫންގް ވީ ޓެކްއާ ބައްދަލުކުރައްވައި، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ދެ އިދާރާ ގުޅިގެން ޓްރެއިނިން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގެ މަޝްވަރާ ކުރައްވައިފިއެވެ.

ދެ ދިވެހި ފުލުހުން ވަނީ، ސިންގަޕޫރުގެ ޕްރިސްޓީޖިއަސް ހޯމް ޓީމް އެކެޑަމީން ސީނިއާ އޮފިސާ ބޭސިކް ކޯސް ފުރިހަމަ ކޮށްފައެވެ. މި ކޯހުގެ ގްރެޖުއޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ސީޕީ ނަވީން ހުންނެވީ ސިންގަޕޫރުގައެވެ.

ސިންގަޕޫރުގެ ޕްރިސްޓީޖިއަސް ހޯމް ޓީމް އެކެޑަމީން ސީނިއާ އޮފިސާ ބޭސިކް ކޯސް ފުރިހަމަކުރި ފުލުހެއް -- ފޮޓޯ/ ފުލުހުން

މި ދަތުރުފުޅުގައި ސީޕީ ނަވީން ވަނީ ސިންގަޕޫރުގެ ސީޕީއާ ބައްދަލުކުރައްވައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން، ދެ އިދާރާ ގުޅިގެން ފުލުހުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.

ސިންގަޕޫރުގެ ޕްރިސްޓީޖިއަސް ހޯމް ޓީމް އެކެޑަމީއަކީ އެގައުމުގެ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެކެޑަމީއެކެވެ. މި އެކެޑަމީން ޕޮލިސް ފޯސް، ސިވިލް ޑިފެންސް، ނާކޮޓިކްސް ބިއުރޯ، ޕްރިޒަން ސާވިސް ފަދަ އިދާރާތަކަށް ޓްރެއިނިންގް ފޯރުކޮށްދެއެވެ.

މި އެކެޑެމީ ހުޅުވީ 2006ވަނަ އަހަރެވެ.

comment ކޮމެންޓް