އަސް ދުއްވުމުގެ ވިޔަފާރިން މާފުއްޓަށް ބޮޑު އާމްދަނީއެއް

މާފުށީގައި އަންހެން ފަތުރުވެރިޔަކު އަހެއް މަތީގައި އިށީނދެލައިގެން --- ފޮޓޯ: މާފުށި ހޯސް ރައިޑިން އަދި އަންކޮ މޯލްޑިވްސް / އިންސްޓަގްރާމް

ލޯކަލް ޓޫރިޒަމަށް މަޝްހޫރު ކ. މާފުށީގައި އަސް ދުއްވުމުގެ ވިޔަފާރިން މަގުބޫލުކަމެއް ލިބި ބޮޑު ފައިދާއެއް ހޯދަން ފަށައިފިއެވެ.

މި ވަގުތު މާފުށީގައި "ހޯސް ރައިޑިން މޯލްޑިވްސް"ގެ ނަމުގައި އަހުގެ ފޮޓޯ ޝޫޓުތައް ޖެއްސުމުގެ މަސައްކަތްކުރާ އައިލެންޑް ސްޓޭބަލްސްއިން ކިޔައިދިން ގޮތުގައި ކުރިން ހުޅުމާލޭގައި މަދުން ނަމަވެސް އެމީހުންގެ ފަރާތުން އަސް ދުއްވައި އުޅުނެވެ.

"ސަން"އާ ވާހަކަދައްކަމުން އައިލެންޑް ސްޓޭބަލްސްއިން ބުނީ، ރަސްމީ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް އަދި ނުފަށާ ކަމަށެވެ.

މި ވަގުތު އަސްތައް ނެރެނީ ބުކިންތަކަށް އެކަންޏެވެ. އެގޮތުން، ކޮންމެ ޝޫޓަކަށް 100 އެމެރިކާ ޑޮލަރު ނުވަތަ 1،500 ރުފިޔާ ނަގައެވެ. ރީލްތަކާއި ވީޑިއޯތައް އިންސްޓަގްރާމަށާއި ފޭސްބުކަށް ވެސް ދޫކޮށްލައެވެ. މި ވަގުތު އޭނާގެ ހުރީ މިކަން އިތުރަށް ފުޅާކޮށް އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުން ކަމަށް ބުންޏެވެ.

ފަތުރުވެރިއަކު އަސްތަކާ އެކު: މާފުށީގައި ދެ އަސް ގެންގުޅޭ -- ފޮޓޯ/ މާފުށި ހޯސް ރައިޑިން: އިންސްޓަގްރާމް

"ކުރިން މި ކޮޅަށް ގެނެސްފައި ދިވެހިން 100 ރުފިޔާއަށް ބަލާލަން ބޭނުންވާ އަރާލަން ބޭނުންވާ މީހުންނަށް ކުޑަކުޑަ ފީއަކަށް، ދެން އަންނާނެތާ ފުރަތަމަ ގެންނައިރު ކުދިން ބަލާލަން ބޭނުންވާނެ. ދެން އޭގެ ޕްރޮމޯޝަން ޓައިމް ނިންމާލާފައި މިހާރު އަނެއްހެން ނުނެރެން އަހެއް، މިހާރު ނެރެނީ ހަމަ ބުކިންތަކަށް،" އޭނާ ކިޔައިދިނެވެ.

އައިލެންޑް ސްޓޭބަލްސް ބުނީ، ހީކުރިވަރަށް ވުރެ ފަތުރުވެރިންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑު ކަމަށެވެ.

"އެކަމަކު ބޮޑަށް އެޕްރޯޗު އަހަރެމެންނަށް މި އަންނަނީ ރިސޯޓުތަކުން، މާފުށީ މިއީ ބަޖެޓު ޓޫރިސްޓުން އަންނަ ތަނެއް ވީމާ މި ކޮޅުގައި ބަޖެޓު މީހުންނަށް ވުރެ ބޮޑަށް އަނެއްހެން ހަމަ އެކްސްޕެންސްކޮށްލަން އަންނަ ޓޫރިސްޓުން[ގެ މެދުގައި މަގުބޫލުކަން ބޮޑީ]،"

comment ކޮމެންޓް