މާމިގިލީ ކައިރިއަށް ފީނަން އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

މާމިގިލިން ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަނީ: ގެއްލުނީ 15 އަހަރުގެ ފިރިހެން ކުއްޖެއް -- ފޮޓޯ/ އެމްވީކްރައިސިސް

މިއަދު މެންދުރު އދ. މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާމިގިލީ ކައިރިއަށް މެންދުރު ހަތަރު ކުދިން ފީނަން ދިޔަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ 19:00ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި ރަށު ރައްޔިތުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފީނަން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް ނުރައްކާތެރި ހާދިސާތައް ހިނގައިފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ރާއްޖެ އަންނަ ފަތުރުވެރިންނަށް އެކަނި ބަލާއިރު ވެސް، މޫދުގައި ހިނގާ ނުރައްކާތެރި ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް