ރަސްގެފާނު ޗާލްސްއާއި ރައީސް މުއިއްޒު ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ)އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުން އޮތީ ވިންޑްސޯ ކާސަލްގައެވެ.

ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރެން ގާތްވެފައިވާ މ ދަނޑިވަޅުގައި އޮތް ބައްދަލުކުރެއްވުމުގެ ތެރެއިން، ދެ ގައުމުގެ ޒަމާންވީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެކިއެކި އިސްވެރިންނާއެކު މަތީފަންތީގެ ބައްދަލުކުރެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރެއިން އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައި ވެސް ވެއެވެ.

comment ކޮމެންޓް