ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރާ ވެހިކަލްތައް ޓޯކުރަނީ

ހުޅުމާލޭގައި ނުގަވައިދުން ހުރި ވެހިކަލްތައް ޓޯކުރަނީ -- ފޮޓޯ/ ހުޅުމާލެ ޕޮލިސް

ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ފަށައިފިއެވެ.

ހުޅުމާލެ ޕޮލިހުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ވެހިކަލް ދުއްވާ މީހުން، ގަވައިދާ އެއްގޮތަށް ޕާކުކުރަން ނަސޭހަތްތެރިވެފައެވެ. އަދި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ޚާއްސަކޮށް، ކަފިހި ހުރަސްތައް މަތީގައާއި ޑަބަލް ލައިން މަތީގައި ޕާކުކޮށްފައި ހުންނަ ނަމަ ޓޯކުރާނެ ކަމަށް ޕޮލިހުން ބުންޏެވެ.

https://sun.mv/206071

ފުލުހުން ބުނީ ނުގަވައިދުން ޕާކުކުރުން ފަދަ ކަންކަމަކީ އެހެން މީހުންނަށް އުނދަގޫ ކުރިމަތިވެ، ނުރައްކަލަކަށް ހުށަހެޅެން މެދުވެރިވާ ސަބަބެއް ކަމަށެވެ.

https://sun.mv/200475

ހުޅުމާލެ ފޭސް އެކަކާއި، ދޭއްގައި ވެސް ނުގަވައިދުން ޕާކުކުރުމަކީ އާންމު ކަމެކެވެ. އެ މައްސަލަ ބޮއްސުންލައިފައި އޮތް އިރު، އެ ކަން ހައްލުކުރަން މިހާތަނަށް އެކަށީގެންވާ މަސައްކަތެއް އޮތީ ނުކުރެވިއެވެ.

comment ކޮމެންޓް