ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި ކުށްކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ކުޑަ އަންހެން ކުއްޖާއާ އާއިލީ ގޮތުން ތިމާގެ މީހެއްގެ މައްޗަށެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ރަށު ޕޮލިސް ސްޓޭޝަނާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ގުޅިގެން ބަލަަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވުމުން، މިފަދަ މައްސަލަތަކުގައި އެ ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް، ފުލުހުން ހާމަ ނުކުރެއެވެ.