54 އަހަރުގެ މީހެއްގެ ކޮޓަރިން ބަނގުރާކަމަށް ބެލެވޭ 33 ފުޅި ފެނިގެން ހައްޔަރުކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއްގެ ގެއިން 33 ފުޅި ބަނގުރާ ފެނިގެން ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ހ. ކަނޑުފިނިގެ، އަބްދުއްސަމަދެވެ.

އޭނަ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭ ބަލައި ފާސްކުރަމުން އެ ގޭގެ ކޮޓަރިއަކުން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ބޮނަކުއަ ބްރޭންޑުގެ 33 ފުޅި ފެނިފައިވާތީއެވެ.

އޭނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން ވަނީ އޯޕީއައިބެންޒޯ އަދި ޑީއެކްސްއެމަަަށް ޕޮޒިޓިވް ކަމަށް ދައްކައިފައެވެ.

ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

comment ކޮމެންޓް