ލޭންޑް ޔޫސް ޕްލޭން ބަދަލުކުރާތީ ތިލަފުށިން ބިން ދޫކުރަން ކުރި އިއުލާނު ބާތިލުކޮށްފި

ތިލަފުށި: އިންޑަސްޓްރިއަލް އެ ރަށުން ދިވެހިންނަށް އެކަނި ބިން ބިއްކަން ހުޅުވާލަން ވަނީ ނިންމާފައި -- ފޮޓޯ/ އެޗްޑީސީ

ކ. ތިލަފުށީގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކުރާތީ، އެ ރަށުން ސިނާއީ ބޭނުމަށް ދިވެހީންނަށް ބިން ކުއްޔަށް ދޫކުރަން ކުރި އިއުލާނުތައް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބާތިލުކޮށްފިއެވެ.

ތިލަފުށިން ބިން ކުއްޔަށް ދޫކުރަން މި މަހު ތިންވަނަ ދުވަހާއި 14 ވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއަށާއި އެ ރަށުގެ މާސްޓާ ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބަދަލުތަކާ ގުޅިގެން އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޭން ކުރި އިއުލާނުތައް ބާތިލުކުރީ އެހެންވެއެވެ. މި ކަމާ ގުޅިގެން އިތުރު ސުވާލެއް އޮތް ނަމަ އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅުއްވަން ވަނީ އެދިފައެވެ.

comment ކޮމެންޓް