ރައީސްގެ ތައުރީފު މޯދީއަށް: 4078 ދުވަހު ބޮޑުވަޒީރުކަމުގައި ކުރެއްވި ޚިދުމަތުން ދައްކުވައިދެނީ ނުގުޑާ އަޒުމް

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ: ރައީސް ވަނީ މޯދީއަށް ތައުރީފު ކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ނަރެންދުރަ މޯދީ ޚިދުމަތްކުރައްވާތާ 4078 ދުވަސް ވެފައިވާއިރު، މިކަމުން ދައްކުވައިދެނީ އާންމުންނަށް ޚިދުމަތްކުރުމުގައި ހުރި ނުގުޑާ އަޒުމާއި ކުރިއެރުމަށް މަސައްކަތްކުރެއްމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މާދަމާ ފާހަގަކުރާ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މޯދީ މިއަދު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. އެމަނިކުފާނަށް ރައީސްގެ ދެކަނބަލުންގެ ފަރާތުން މިރޭ ދެއްވި ޖާފަތް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ ބޮޑުވަޒީރުކަމުގައި ޚިދުމަތްކުރައްވާތާ 11 އަހަރު ފުރިވަޑައިގަތުމުން މޯދީއަށް މަރުހަބާ ދަންނަވައި ތައުރީފު ކުރައްވައިފައެވެ.

"އިންޑިއާ އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި އެދެނީ ކާމިޔާބީ،" ރައީސް ވިދާޅުވިއެވެ.

މި ވާހަކަފުޅުގައި ރައީސް ވަނީ، ދެގައުމުގެ ގުޅުމަށް 60 އަހަރު ފުރުން ވެސް ފާހަގަކުރައްވައިފައެވެ. މި ގުޅުމަކީ ނުކެނޑޭނެ ގުޅުމެއްކަން ފާހަގަކުރައްވާ އެމނިަކުފާނު ވިދާޅުވީ، ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި އިންޑިއާ ދެމިހުރިކަމަށެވެ.

އިންޑިއާއިން ހުރިހާ ދާއިރާއަކުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މޯދީ ރައްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނެއެވެ.

https://sun.mv/209043

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިން އެއްބަސްވުމެއް ހިމެނޭހެން އިންޑިއާ ސަރުކާރާ އެކު ރާއްޖޭން އަށް އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.

މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވަލުވެވަޑައިގަތީ، 2014ވަނަ އަހަރުގެ މޭ މަހުގެ 26ވަނަ ދުވަހުއެވެ.

comment ކޮމެންޓް