ކޯސްޓް ގާޑުގެ ދޮށިމޭނާ އިމާރާތް ހުޅުއްވައިދެއްވައިފި

ކޯސްޓް ގާޑުގެ ދޮށިމޭނާ އިމާރާތް ހުޅުއްވައިދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު، ކޯސްޓް ގާޑުގެގެ ދޮށިމޭނާ އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

މި އިމާރަތް ހުޅުއްވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއަޔާތެއްގައެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުވި 10 ފަންގިފިލާގެ އިމާރާތެކެވެ.

މި އިމާރާތް ހުޅުއްވައިދެއްވުމަށްފަހު މޯދީއާއި ރައީސް ވަނީ އިމާރާތް ބައްލަވައިލައްވާފައެވެ.

މި އިމާރާތް ހުޅުއްވައިދެއްވުމަށް ފަހު، މޯދީ ދިވެހި ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި އެހެނިހެން އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިން އެއްބަސްވުމެއް ހިމެނޭހެން އިންޑިއާ ސަރުކާރާ އެކު ރާއްޖޭން އަށް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، ހުރިހާ ވަގުތެއްގައި ވެސް ރާއްޖެއަށް ފުރަތަމަ އެހީތެރިކަން ދިނުމަށްޓަކައި އިންޑިއާއިން އޮތީ އަބަދު ވެސް ތައްޔާރަށް ކަމަށާއި، އިންޑިއާގެ ޕޮލިސީއަކީ "ފުރަތަމަ ރަހުމަތްތެރިކަން" ކަމަށެވެ.

comment ކޮމެންޓް