ދިވެހި އަސްކަރިއްޔާގެ ކުރިމަގު ބައްޓަންކުރަނީ ގައުމު ދިފާއުކުރެވޭނެ ގާބިލު ބަޔަކަށް ވެވޭގޮތަށް: ހިލްމީ

ފުލުހުންނާއި ސިފައިންނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ދިވެހި އަސްކަރިއްޔާގެ ކުރިމަގު ބައްޓަންކުރަނީ ގައުމު ދިފާއުކުރެވޭނެ ގާބިލު ބަޔަކަށް ވުމަށްޓަކައި ކަމަށް ހިލްމީ ވަނީ ވިދާޅުވެފައި --- ފޮޓޯ/ ރައީސް އޮފީސް

ދިވެހި އަސްކަރިއްޔާގެ ކުރިމަގު ބައްޓަންކުރަނީ ގައުމު ދިފާއުކުރެވޭނެ ގާބިލު ބަޔަކަށް ވުމަށްޓަކައި, ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުލުހުންނާއި ސިފައިންނާ ބައްދަލުކުރުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ހިލްމީ ވިދާޅުވީ، މިނިވަން ގައުމެއް ގޮތުގައި ރާއްޖެ ދެމިއޮތީ ކާބަފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށެވެ.

އެ ގުރުބާނީގެ 'މައި ތަނބަކީ' ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ކަން ފާހަގަކުރައްވައި، ހިލްމީ ވިދާޅުވީ، މިނިވަންކަން ދިފާއުކުރުމުގެ ހަނގުރާމަ ތަކަކީ އިބުރަތުން ފުރިގެންވާ ހަނގުރާމަތަކެއް ކަމަށެވެ.

ސިފައިންތަކެއް: ދިވެހި އަސްކަރިއްޔާގެ ކުރިމަގު ބައްޓަންކުރަނީ ގައުމު ދިފާއުކުރެވޭނެ ގާބިލު ބަޔަކަށް ވުމަށްޓަކައި ކަމަށް ހިލްމީ ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް

ގައުމަށް ހަމަލާދޭން އައި އެތައް ބަޔަކާ, ދިވެހި ސިފައިން ހަނގުރާމަކޮށް ދުޝްމަނުން ބަލިކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ މިސާލެއްގެ ގޮތުން، ހިލްމީ ފާހަގަަކުރެއްވީ ނޮވެންބަރު ތިނެއްގެ ހާދިސާއެވެ.

އެގޮތުން، ދިވެހި ސިފައިންނަކީ މިނިވަންކަން ދިފާއުކުރުމުގައި ކުޑަކޮށް ވެސް ފަހަތަށް ޖެހޭނެ ބައެއްނޫން ކަމަށާއި ފުރާނައިން ގުރުބާން ވާނީ މިނިވަންކަން ދިފާއުކުރުމަށް ކަން އެ ދުވަހު ސިފައިން ސާބިތުކޮށްދިން ކަމަށް ހިލްމީ ވިދާޅުވިއެވެ.

މާޒީގެ ކޮންމެ ޞޮފުހާއަކުން ވެސް ފެންނަން އޮތީ ދިވެހި އަސްކަރިއްޔާގެ އެ ފަޚުރުވެރި ތާރީޚު ކަމަށާއި އެއީ ސިފައިންގެ ލެއިންވި މަތިވެރި ގުރުބާނީ ކަން ހިލްމީ ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން، ހިލްމީ ފާހަގަކުރެއްވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ރައީސް މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވާކަމެވެ. އެ ކުރައްވާ ކޮންމެ މަސައްކަތަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި، ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްޕުޅެއްކަމަށް ހިލްމީ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ހިލްމީއާ ސަލާންކުރައްވަނީ: ދިވެހި އަސްކަރިއްޔާގެ ކުރިމަގު ބައްޓަންކުރަނީ ގައުމު ދިފާއުކުރެވޭނެ ގާބިލު ބަޔަކަށް ވުމަށްޓަކައި ކަމަށް ހިލްމީ ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ހިލްމީ ވަނީ، ދިވެހި އަސްކަރިއްޔާގެ ކުރިމަގު ބައްޓަން ކުރާ ގޮތަށް އަލިއަޅުއްވާލައްވާފައެވެ.

ދިވެހި އަސްކަރިއްޔާގެ ކުރިމަގު މިއަދު މި ބައްޓަން ކުރެވެނީ މިގައުމުގެ މިނިވަންކަން ދެމެހެއްޓޭނެ ގާބިލު ބަޔަކަށް ވުމަށްޓަކައި. ދިވެހި ރައްޔިތުންގެ ހިތުގައި ލޯތްބާއި އިހުތިރާމާއި އިތުބާރު ލިބޭ ބައެއް ގޮތުގައި ދެމިތިބުމަށްޓަކައި

ސައުވީސް ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ސިފައިން ދެމިތިބެ، ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ފުރާނާއިން ގުރުބާންވާން ތައްޔާރަށް ތިބި ކަމުގެ ޔަގީންކަން ހިލްމީ ވަނީ ދެއްވާފައެވެ.

https://sun.mv/209075

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، އެހެން ބަޔަކު އައިސްގެން ގައުމުގެ ކަންކަން ބެލެހެއްޓުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ސިފައިންނާއި ފުލުހުންނަށް އިސްކަންދެއްވަނީ އެހެންވެ ކަމަށެވެ.

ސިފައިންނާއި ފުލުހުންނަށް ކޮށްދޭން ޖެހޭ ކޮންމެ ކަމެއް ފަޚުރުވެރިކަމާ އެއްކޮށް އިސްކަންދީގެން ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް