އެމްޑީޕީ ހިމެނޭހެން މޯދީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މޯދީ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން ---- ފޮޓޯ/ މޯދީ

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެގޮތުން، އިދިކޮޅު އެމްޑީޕީއާ މޯދީ ބައްދަލުކުރެއްވީ ވަކިންނެވެ. އެބައްދަލުވުމުގައި ވަނީ، އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެމްޑީޕީގެ ރައީސް ޝާހިދު ބައިވެރިވެވަޑައިގެންފައެވެ.

އޭގެއިތުރަށް އެހެން ޕާޓީތަކުގެ އިސްވެރިންނާ ވެސް މޯދީ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަތެވެ. އަދި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގެންނެވިއެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުކުރެއްވުންތަކުގައި މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ބައްދަލުކުރެއްވުންތަކުގައި ސިޔާސީ ދާއިރާގެ ލީޑަރުން ބައިވެރިވުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީޚީ އެކުވެރިކަމުގެ ގުޅުމަށް ދެ ގައުމުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް މޯދީ ވިދާޅުވިއެވެ. އެގޮތުން، ދެ ޤައުމުން ޙިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭ ކަން މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

https://sun.mv/209081

ބޮޑު ވަޒީރު މޯދީ މިއަދު ވަނީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުاللهގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފައެވެ.

comment ކޮމެންޓް