ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމާ ގުޅިގެން 19 ސަރަހައްދެއްގައި ހަވާ އަރުވަން ނިންމި ވަގުތު ފަސްކޮށްފިއެވެ.
އެމްއެންޑީއެފުން ރޭ ބުނީ، ހަވާ އަރުވާނީ މިރޭ 8:30ގައި ކަމަށެވެ. ނަމަވެސް، މިރޭ އެމްއެންޑީއެފުން ބުނީ، ހަވާ އަރުވާ ވަހުތު މިރޭ 21:40އަށް ފަސްވެފައި ވާކަމަށެވެ.
މާލޭ ވަށައިގެން ޖުމުލަ 19 ސަރަހައްދެއްގައި ހަމިނެޓަށް މިރޭ ހަވާ އަރުވާނެއެވެ.
މިއީ ރާއްޖޭގައި މިހާ ކުލަ ގަދަކޮށް ހަވާ އަރުވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ޚާއްސަ ހަފުލާތަކާ ދިމާކޮށް ހަވާ އަރުވާއިރު، މިކަމަށް އާންމުންގެ ބޮޑު ސަމާލުކަމެއް އަބަދު ވެސް ލިބެއެވެ.
އެގޮތުން، ހަވާ އަރުވާ ވަގުތު މާލޭގެ މަގުތަކުގެ ބާރު ބޮޑުވާކަން ފާހަގަކުރެވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މިރޭ ހުޅުވާއިރު، މިއަދަކީ ރާއްޖޭގެ 60ވަނަ މިނިވަން ދުވަސް ވެސް މެއެވެ.
މީގެ ކުރިން އެމްއޭސީއެލުން ބުނީ، މި ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށެވެ. އެގޮތުން ލައިޓް ޝީއަކާއި ޑްރޯން ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ދެއްވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.