ވެސްޓް ހާމް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި މިހާރު ކުރިއަށް ދާ އިންގްލިޝް ޕްރިމިއާ ލީގު ސަމާ ސީރީޒްގައި މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހާމް ޔުނައިޓެޑް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފެށުން ރަނގަޅުވީ ވެސް ޔުނައިޓެޑްގެއެވެ.

މި ގޮތުން މެޗުގެ ފުރަތަމަ ދެތިން މިނެޓްގެ ތެރޭގައި ޔުނައިޓެޑްގެ ފޯވާޑް ރަސްމުސް ހޮއިލުންޑް ފޮނުވާލި ހަމަލާއެއް ވަނީ ވެސްޓް ހާމް ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި މާގިނަ އިރު ތަކެއް ނުވެ މެޗުގެ ފަސް ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ކީޕާ އަލްފަންސޯ އަރިއޯލާ ކުރި ފައުލަކާ ގުޅިގެން މި މެޗުގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދީ އެ ޓީމަށް މެޗުގެ ލީޑު ނަގައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ފުރަތަމަ ލަނޑު ޖަހައިދިން ފެނާންޑޭޒްއެވެ. މިމެޗުގައި ވެސްޓް ހާމްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖެރޮޑް ބޮވެންއެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމާ އަލަށް ގުލުނު ބަރަޔަން އެމްބައުމޯ ކުޅެފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު