މާޅޮހު ފަޅުތެރޭ އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 ބިދޭސީން އައިސީޔޫގައި

އައިޖީއެމްއެޗް ކުރިމަތި: މާޅޮހު ފަޅުތެރޭ އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 ބިދޭސީންނަށް އައިސީޔޫގައި ފަރުވާދެނީ -- ފޮޓޯ/ މާނިއު މުހައްމަދު

އއ. މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ރޭ ހިނގި ހާދިސާގައި ފިހުނު ދެ ބިދޭސީންނަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބުނީ ރޭ 8:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ ބިދޭސީންނަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.

'ސަން' އާ ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މިޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ބިދޭސީންނަށް ވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތާ ގުޅޭ ތަފްސީލު ހޯދުމަށް ރެއާއި މިއަދު ކުރި މަސައްކަތުން ވެސް ކައުންސިލްގެ ފަރާތުން އަދި މައުލޫމާތެއް ނުލިބެއެވެ.

comment ކޮމެންޓް