މީހަކު އަމިއްލަ ގޭގެ ކޮޓަރީގައި ރޯކޮށްލުމުގެ ސަބަބުން ކޮޓަރީގައި ހުރި ގިނަ ތަކެތި ބޭނުންނުކުރެވޭ ވަރަށް ރޭ އަނދައިފިއެވެ.
ފުލުހުން ބުނީ، އދ. އޮމަދޫގެ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު ހަޑިހުތުރު ބަހުން އަޑުގަދަކޮށް ތަކެއްޗަށް ގެއްލުންދީ، އަމިއްލަ ގޭގެ ކޮޓަރީގައި ރޯކޮށްލި ކަމަށް ބުނާ މައްސަލައެއް ރޭ 9:30 ވަނިކޮށް ފުލުހުންނަށް އެ ރަށުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އދ. އޮމަދޫ / ސްޓެއްލާ، އަހްމަދު ނާފިއު (32އ) އެވެ.
މި މައްސަ؛ލައާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި، ނަމަވެސް ކޮޓަރީގައި ހުރި ގިނަ ތަކެތި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.