ސޮނީ ހާޑްވެއާއަށް 55 އަހަރު ފުރުމުގެ މުނާސަބާގައި، ސޮނީގެ ސްޓާފުންނާއި މެނޭޖުމެންޓުން އިސްނަގައިގެން، ކުޑަގިރީއި 55 ގަސް އިންދައިފިއެވެ.
ސޮނީން ބުނީ ކުޑަގިރިއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެން ވެސް ދަތުރުދާން އޮންނަ ރަށް ކަމުގައިވާތީ، އެރަށް ފެހިކޮށް ތިމާވެއްޓާ ރަހުމަތްތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނާއި، ގައުމީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ވެސް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިޔަގެންދިޔަ ކަމެއްކަމަށެވެ.

ސޮނީން ކުޑަގިރީގައި 55 ގަސް އިންދުން -- ފޮޓޯ/ ސޮނީ
މިމަހުގެ 26ވީ ހުކުރު ދުވަހު، ކުޑަގިރީގައި ސޮނީގެ ފަރާތުން 55 ގަސް އިންދާފައިވާއިރު އޭގެ ތެރޭގައި ހިމެނޭނީ ދިވެހި ވެއްޓާގުޅޭ ހިޔާލިބޭ ތިމާވެއްޓަށް ފައިދާ ހުރި ގަސްތަކެވެ. އޭގެތެރޭގައި ކުރެދި، މިދިލި، އަދި ކާނި ފަދަ ގަސްތަށް ހިމެނެއެވެ.