ސަން ސިޔާމް ރިސޯޓްސްގެ ވިލުރީފް ރިސޯޓަށް ޒިޔާރަތްކުރާ ޖަރުމަނު ފަތުރުވެރިޔާ ބާބެލް ގާޑް ރިޗާ ނުވަތަ "މާމާ" 46 ވަނަ ފަހަރަށް އެ ރިސޯޓަށް ޒިޔާރާތްކޮށްފިއެވެ.
ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ މިދިޔަ ހޮނިހިރު ދުވަހު ވިލުރީފަށް މާމާ ޒިޔާރަތްކުރުމުން އެ ރިސޯޓުން ވަނީ، ޖެޓު ކާރުގައި ދިވެހި ސަގަފާތް ރަމްޒުކޮށްދޭ ގޮތަށް ހޫނު މަރުހަބާއެއް ކިޔަފާއެވެ.
މިހާރު އުމުރުން 80އިގެ އަހަރުތައް ގުނަމުންދާ މާމާ ޒިޔާރަތްކުރުމުން އެ ރިސޯޓުން ވަނީ ސަގާފީ ހުށަހެޅުމަކާއި ބޮޑުބެރުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ވިލުރީފް ރިސޯޓަށް 46 ވަނަ ފަހަރަށް މާމާ ޒިޔާރަތްކުރުމުން މަރުހަބާ ކިޔަނީ ---- ފޮޓޯ/ ސަން ސިޔާމް ވިލުރީފް
މާމާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ 2000ވަނަ އަހަރުގެ ޑިސެންބަރު ފަސް ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ދޭތެރެއަކުން ރާއްޖެ ޒިޔާރަތްކޮށް ވިލުރީފް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރެއެވެ.

46 ވަނަ ފަހަރަށް މާމާ ޒިޔާރަތްކުރުމުން ވިލުރީފްގެ ޖެޓް ކާރުގައި މާމާއަށް މަރުހަބާ ކިޔުން ---- ފޮޓޯ/ ސަން ސިޔާމް ވިލުރީފް
ކޮންމެ އަހަރަކު ވެސް މާމާ ޒިޔާރަތްކުރާ ދުވަހު ވަރަށް ހޫނު މަރުހަބާއެއް އެ ރިސޯޓުން ކިޔައެވެ. މާމާއަކީ ވަރަށް "ލޯޔަލް" ގެސްޓެއް ކަމަށް ރިސޯޓުން ބުނެއެވެ.
ސަން ސިޔާމްގެ ވިލުރީފް ރިސޯޓަކީ އަބަދުވެސް ފަތުރުވެރިންނަށް ޚާއްސަ ސަމާލުކަމެއްދޭ ރިސޯޓެކެވެ. އަދި، އެ ރިސޯޓަކީ ރިޕީޓާ ގެސްޓުންނަށް މަރުހަބާ ކިއުމުގައި ވެސް ޚާއްސަ ސަމާލުކަމެއް ދޭ ރިސޯޓެކެވެ.
ރާއްޖެއަކީ ގިނަ އަދަދަކަށް ރިޕީޓާ ގެސްޓުން އަންނަ ގައުމެކެވެ. އެގޮތުން، ރިޒޯޓުތަކަށާއި ރަށްރަށަށް ވެސް މިފަދަ ގެސްޓުން ދެއެވެ.