އައިކެއާއިން ހއ. އަތޮޅުގެ ބައެއް ރަށްތަކުގައި ލޮލުގެ ސްކްރީނިން ކޭމްޕެއް ބާއްވައިފިއެވެ.
މި ކޭމްޕު ބާއްވާފައި ވަނީ، އެ އަތޮޅު އިހަވަންދޫއާއި ދިއްދޫއާއި ބާރަށާއި އުތީމުގައެވެ.
އައިކެއާއިން ބުނީ، އެ ކޭމްޕުގެ ތެރެއިން 300އަށް ވުރެ ގިނަ މީހުންގެ ލޮލުގެ ސްކްރީންތައް ކުރި ކަމަށެވެ. އެ ކޭމްޕުގެ ތެރެއިން އައިކެއާއިން ވަނީ، ހިލޭ ލޮލުގެ ސްކްރީނިންއާއި ލޮލުގެ އެހެން ހާލަތްތައް ބަލައިދީފައެވެ.

އައިކެއާއިން ހއ. އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށް ގެންދިޔަ ލޮލުގެ ސްކްރީނިން ކޭމްޕުގެ ތެރެއިން --- ފޮޓޯ/ އައިކެއާ
މި ކޭމްޕުން ދައްކުވައިދެނީ، އެންމެ ދުރު އަތޮޅުތަކަށް ވެސް ފެންވަރު ރަނގަޅު ލޮލުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށް އައިކެއާއިން ބުންޏެވެ.
އައިކެއާއަކީ، 22 އަހަރަށް ވުރެ ގިނަ ދުވަހު ލޮލުގެ ސިއްހަތުގެ ދާއިރާއިން ޚިދުމަތް ކޮށްދީފައިވާ ހޮސްޕިޓަލެކެވެ. އެގޮތުން، އައިކެއާއިން ލޮލުގެ ސްކްރީނިންތަކާއި ޕްރޮގްރާމުތައް އަތޮޅުތެރޭގައި ވެސް ހިންގައެވެ.