"ނިއުޔޯކް ޑެކްލެރޭޝަން"އަކީ، ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބޭނުންވާކަމުގެ ހެއްކެއް: ރައީސް

"ނިއުޔޯކް ޑެކްލެރޭޝަން"އަކީ، ފަލަސްޠީނު ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބޭނުންވާކަމުގެ ވަރުގަދަ ހެއްކެއް: ރައީސް

"ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްތީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަގުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނިއުޔޯކް ޑެކްލެރޭޝަން" އަކީ ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރެވެ.

މި ޤަރާރު ބަލައިގަތުމާ ގުޅިގެން ރައީސް ނެރުއްވި ބަޔާނުގައި ވިދާޅުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް، ސައުދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އދ ގައި ކުރިއަށްގެންދިޔަ މކޮންފަރެންސްގެ ނަތީޖާ ކަރުދާސް ކަމުގައިވާ، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރުހަބާކިޔާ ކަމެއްކަމަށެވެ.

"ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްތީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް

ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ މި ޤަރާރަކީ އިސްރާއީލުން ފަލަސްތީނަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްތީނުގެ އިގްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަގުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއްކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު