ލ. މާމެންދޫއަށް ގާތްކުރި ބޯޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ 115 ސެލޯފިންކޮޅު ފުލުހުން އަތުލައިގެންފިއެވެ.
މި ތަކެތި ފުލުހުން އިއްޔެ އަތުލައިގަތީ މާމެންދޫއަށް ދަތުުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަަނެއްގައެވެ.
ފުލުހުން ބުނީ، އެ ބޯޓު މާމެންދޫއާ ގާތްކުރި ކުރުމުން ބަލައި، ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނުނު ކަމަށެވެ. އެގޮތުން، ފޮށިގަނޑެއްގެ ތެރެއިން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނުގައި ހުރީ 82 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެެ މައްސަލަތައް އާންމުއިރު، މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ރާއްޖެ އެތެރެކުރުން މަނާ ބޭސް ގުޅަތަކެއް ގެންގުޅުމާއި، މަސްތުވާތަކެތި ގެންގުޅުނުކަމަށް ބުނެ ހައްޔަރުކޮށްފައެވެ.