ސްޓޭންޑާޑް އެންޑް އޮރިޖިންގެ ފަރާތުން ރާއްޖެއަށް މިލަފް ކޯލާ ތައާރަފުކޮށްފިއެވެ.
މިލަފް ކޯލާ ރާއްޖެއަށް ތައާރަފު ކޮށްފައިވަނީ ރޭ މާލޭގައި މިއުޒިކް ޝޯއަކާއެކު ބޭއްވި ހަފުލާއެއްގައެވެ.

ގިނަ އަދަދަކަށް ހަކުރު ބޭނުން ކުރާ އެހެން ގިނަ ފިޒީ ޑްރިންކްތަކާ ޚިލާފަށް, މިލަފް ކޯލާއަކީ ކަދުރުން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. އެހެންކަމުން އެހެން "ފިޒީ ޑްރިންކް"ތަކުގައި ހުންނަ ވަރަށްވުރެ މިލަފް ކޯލާގައި ހަކުރު ހުންނަ ވަރު މަދުވާނެއެވެ. އަދި މި ކޯލާގައި އެއްވެސް ވަރަކަށް އާޓިފިޝަލް ހަކުރެއް ނުހިމެނެއެވެ.
މި ބުއިމުގައި ސިއްހަތަށް ގެއްލުންދޭ މާއްދާތަކެއް ނުހިމެނެއެވެ. މިއީ ސައުދީ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް)ގެ ސަބްސިޑަރީއެއް ކަމަށްވާ އަލް މަދީނާ ހެރިޓޭޖް ކޮމްޕެނީން އުފައްދާ ބުއިމެކެވެ.
މިލަފް ކޯލާ މާލެ އާއި ހުޅުމާލޭގެ ސްޓެންޑަޑް އެންޑް އޮރިޖިންގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.