މާޒިޔާއާއި އަލް އަރަބި ބައްދަލުކުރާ މެޗު އަންނަ އަންގާރަ ދުވަހު

މިދިޔަ އަހަރު ރާއްޖޭގެ މާޒިޔާއާއި ކުވެއިތުގެ އަލް އަރަބި ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީ

އޭއެފްސީ ޗެލެންޖް ލީގުގެ ޕްލޭއޮފްގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުވެއިތުގެ އަލް އަރަބި ބައްދަލުކުރާ މެޗު މިމަހުގެ 12 ވަނަ ދުވަހު ކުޅުމަށް ތާވަލުކޮށްފިއެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ނަމަވެސް ރަނގަޅު ފެންވަރުގެ މެޗެއް އެ ޓީމަށް ނުލިބެއެވެ.

އެއާ ޚިލާފަށް އަލް އަރަބި ވަނީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ބިދޭސީ ކުޅުންތެރިންނާއެކު ޓްރެއިނިން ކޭމްޕެއް ވަނީ ބާއްވާފައެވެ. އެކުވެރިކަމުގެ ތިން މެޗު ކުޅުނުއިރު، މި މެޗުތަކުން ޓީމުގެ ހާލަތު ރަނގަޅަށް އެނގޭނެ ކަމަށް އެ ކުލަބުން ބުނެއެވެ.

ގަލޮޅު ދަނޑުގައި މިމަހުގެ 12 ވަނަ ދުވަހު ކުޅޭ މި މެޗަށް އަލް އަރަބި ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

މި މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބޭނެއެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެފައިވަނީ ކުވެއިތުގައެވެ. އެފަހަރު މާޒިޔާއާއި އަލް އަރަބި ބައްދަލުކުރި އިރު، އެ މެޗު އަލް އަރަބި ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު