ބަގާވާތެއްގެ ތުހުމަތުގައި ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭބަންދުކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ -- ފޮޓޯ/އޭޕީ

ބަގާވާތެއް ރާވާފައިވާކަމަށް ބުނެ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ޝަރީއަތް ކުރިއަށްދާއިރު، އޭނާ ގޭ ބަންދު ކުރުމުގެ އަމުރެއް ބްރެޒިލްގެ ސްޕްރީމް ކޯޓަކުން ނެރެފިއެވެ.

ގޭބަންދުގެ ހުކުމުގެ ދަށުން ބޮލްސޮނާރޯއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ގާތްތިމާގެ މީހުންނަށާއި ވަކީލުންނަށެވެ. މި އަމުރުގެ ދަށުން އޭނާގެ ގޭގައި ހުރި ހުރިހާ މޯބައިލް ފޯނެއް ވެސް އަތުލެވޭނެއެވެ.

ބޮލްސޮނާރޯގެ މައްޗަށް ކޮށްފައި ވަނީ 2022ވަނަ އަހަރުގެ އިންތިޚާބު ބާތިލް ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ. އެ ފަހަރު އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ވާތުފިޔައިގެ މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއެވެ.

މި އަމުރު ނެރެފައިވަނީ ބޮލްސޮނާރޯގެ މައްސަލަ ބެލެހެއްޓުމުގެ ކުށުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަނޑިޔާރު އެލެގްޒެންޑާ ދި މޮރޭސްއެވެ.

މޮރޭސް ބުނީ ބޮލްސޮނާރޯ ވަނީ ސުޕްރީމް ކޯޓަށް ހަމަލާ ދިނުމަށް ހިތްވަރު ދިނުމާއި ބާރުއެޅުމުގެ ކޮންޓެންޓެއް އަދި ބްރެޒިލްގެ ޝަރުއީ ދާއިރާއަށް ބޭރު ގައުމުތަކުން ތަދައްޚުލުވުމަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކޮށް މެސެޖުތައް ފަތުރާފައިކަމަށެވެ.

ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބޮލްސޮނާރޯ އަކީ ހަތިޔާރު އެޅި ޖިނާއީ ޖަމާއަތެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަދި އޭނާ އުޅުނީ ބަގާވާތެއް ކުރަން ކަމަށާއި ޑިމޮކްރެޓިކް ގާނޫނީ ވެރިކަން އަނިޔާވެރިކަމާއެކު އުވާލަން މަސައްކަތްކޮށް، ގައުމުގެ ތަރިކަ ހަލާކުކުރުމަށް އޭނާ މަސައްކަތް ކުރި ކަމަށްވެސް ދައުލަތުން ތުހުމަތު ކުރެއެވެ.

ބަގާވާތުގެ ކުށް ސާބިތުވެއްޖެ ނަމަ، 12 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

ބޮލްސޮނާރޯ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އިންތިޚާބުން ބަލިވުމުން ބޮލްސޮނާރޯއަށް ތާއީދުކުރާ މީހުން ވަނީ މިހާރުގެ ރައީސް ލޫލާގެ ކާމިޔާބީއާ ދެކޮޅު ހަދައި، 2023ވަނަ އަހަރުގެ ޖެނުއަރީ މަހު ނޭޝަނަލް ކޮންގްރެސް އާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް