ކުރީ ސަރުކާރުގައި ފުލެޓު ލިބޭ 300 އެއްހާ މީހުންގެ ގުރު ނުނަގާ: ހަމްދާން

އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ބައެއް ޓަވަރުތައް: ހަމްދާން ވިދާޅުވީ، ކުރީ ސަރުކާރުގައި ޝަރުތު ހަމަވެ، ފުލެޓު ލިބޭ 300 އެއްހާ މީހުން އެލޮކޭޓް ނުކުރެވި އެބަހުރި ކަމަށް --- ސަން ފޮޓޯ

މިދިޔަ އެމްޑީޕީ ސަރުކާރުގައި، ޝަރުތު ހަމަވެ ގެދޮރުވެރިޔާ ފުލެޓު ލިބޭ ކަމަށް ކަނޑައަޅާފައި ތިބި 300އެއްހާ މީހުން އެލޮކޭޓް ނުކުރެވި އެބަހުރި ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ހަމްދާން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ކުއްލި ގޮތަކަށް އުމަރު ޒާހިރު ބިލްޑިން ހުޅުވައިގެން ހައުސިން މިނިސްޓްރީން އެލޮކޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަސައްކަތްކޮށްފައި އޭރު ކޮށްފައިވަނީ އެފްޑީސީގެ މުވައްޒަފުންނަށް ނާންގައި ކަމަށާއި އެކަމުގެ ނަތީޖާއެއް ގޮތުން، މިކަމުގައި ބޮޑެތި އޮޅުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލެޓުތަކުގެ މޮޑެލް ރައީސް ބައްލަވަނީ: ހަމްދާން ވިދާޅުވީ، ކުރީ ސަރުކާރުގައި ޝަރުތު ހަމަވެ، ފުލެޓު ލިބޭ 300 އެއްހާ މީހުން އެލޮކޭޓް ނުކުރެވި އެބަހުރި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެހާ ހިސާބުން މިވީ ގޮތަކީ އެއް ބަޔަކަށް މި އޮތީ އެލޮކޭޓް ވެސް ކުރެވިފައި. އެކަމަކު، ރައީސް ޞާލިޙު ދައުރުގައި ލިސްޓުގައި ޝަރުތު ހަމަވެ، ފުލެޓު ލިބޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ ވެސް 300 ވަރަކަށް ބޭފުޅުން އެބައުޅޭ އެލޮކޭޓު ނުކުރެވޭ ވެސް، މިކަހަލަ ބައިވަރު މައްސަލަތަކެއް އެއްވެސް ރޭވުންތެރިކަމެއް ނެތި، މިދިޔަ ދައުރުގައި ހައުސިން މިނިސްޓްރީން ކަންކަން ކުރިއަށް ގެންދިޔުމުން ވަރަށް ބޮޑެތި ދަތިތަކެއް އައިސްފައި އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް

އޭރު ފުލެޓުގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތީ ލިޔުންތައް ފުރިހަމަނުކޮށް ކަމަށާއި ކަންކަން ކޮށްފައި އޮތީ ރަނގަޅަށް އިންތިޒާމުކޮށް، ރޭވިގެން ނޫން ކަމަށް ހަމްދާން ވިދާޅުވިއެވެ. އެހެންވެ، މިހާރު މިނިސްޓްރީން ކަށަވަރުކުރަމުން ދަނީ ލިޔެކިޔުންތަކުގައި އެއްވެސް މައްސަލައެއް އުޅޭތޯކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ފަހުން، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

މި ފަހުން ވަނީ މައްސަލަތަކެއް ހުރި ލިސްޓެއް ހައުސިން މިނިސްޓްރީން އެފްޑީސީއަށް ފޮނުވުނުކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައެވެ. އެހެންވެ، 100 މީހުން ހަމަނުވާ އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ވަނީ މެދުކަނޑަލާފައެވެ.

އެ ކަމަށް އިޝާރަތްކުރައްވައި ހަމްދާން ވިދާޅުވީ، އެ ލިސްޓުގައި ތިބި މީހުންގެ ފުލެޓުތައް އަތުލީ ނޫން ކަމަށާއި މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ނިމެންދެން އެ ލިސްޓުގައި ތިބި މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލީ ކަމަށެވެ.

މި މައްސަލައިގައި ފުލެޓާއި ގޯތީގެ މައްސަލައިގައި ވަކާލާތުކުރާ ޖަމިއްޔާ ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

https://sun.mv/209463

އޭގެ ފަހުން، އިއްޔެ ހައުސިން މިނިސްޓްރީން ބުނީ، ފުލެޓުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ދެނީ 76 މާކްސް ލިބޭ މީހުންނަށް ކަމަށްވާއިރު އެ މާކްސް ލިބުނު ބައެއް މީހުންނަށް ފުލެޓް ދޭން ގުރުއަތު ނުނަގައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ، އެ މިނިސްޓްރީން މިހާރު ނިންމައިފައިވަނީ 75 މާކްސް ލިބުނު މީހުންގެ ގުރު ނަގާނީ، ކުރީ ސަރުކާރުގެ ފުލެޓު ލިސްޓުގައި 76 މާކްސްއަށް ވުރެ އިތުރަށް ލިބުނު މީހުންނަށް ފުލެޓް ކަނޑައަޅައި، އެ މަރުހަލާތައް ނިމުމުން ކަމަށެވެ.

އެ ކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރޭ ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމަށް ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ، ދެމަފިރިންނަށް ވެސް ފުލެޓް ލިބޭ ވަރަށް މާކްސް ލިބިފައިވާނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ފުލެޓް ކަމަށް ކުރީ ސަރުކާރުގައި ހާމަކޮށްފައިވާނެ ކަމަށެވެ.

https://sun.mv/209489

އެހެންވެ، ދެ ފުލެޓަށް ޝަރުތު ހަމަވި ދެމަފިރިންގެ އަދަދާއި މައުލޫމާތު އެނގޭނެހެން ވަކިން ލިސްޓުކޮށް، އޭގެ ތެރެއިން ކޮންމެ ދެމަފިރިއަކަށް އެއް ފުލެޓް ރިޒާވްކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި، އަކްރަމް ތުހުމަތު ކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މަސައްކަތް ކުރައްވަނީ ފުލެޓު ދިނުމުގައި ވެސް އޮޅުވާލައްވަން ކަމަށެވެ.

މި ސަރުކާރުން ވަނީ، އެ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ފުލެޓް ލިސްޓަށް ކަމަށް ބުނެފައެވެ.

comment ކޮމެންޓް