ފަރީދީ މަގު، ގަޑި ބުރު ކައިރީގައި ސްޓެލްކޯ ސަބްސްޓޭޝަނަށް ބަޔަކު ވަދެ، ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލަ ފުލުހުން މިއަދު ތަހުގީގުކުރަން ފަށައިފިއެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:46 ހާއިރެވެ.
އެކަން ތަހުގީގުކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް، މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ވެސް ޓްރާންސްފޯމަރުތަކުން ވައްކަންކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.
މިފަދަ ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކާ ކުޅެހެދުމަކީ ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތައްވުމާއި ކަރަންޓުގައި ޖެހި މަރުުވުން ފަދަ ހާދިސާތައް ކުރިމަތި ވެދާނެކަމެކެވެ. އަދި، ބައެއް ގޭގެއިން ވެސް ކަރަންޓު ކޭބަލް ވަގަށް ނެގުމުގެ ކަންކަން ފެންމަތިވެ، މީހުން މަރުވެފައި ވެސް ވެއެވެ.
މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާއިރު، މިފަދަ މައްސަލަތަކުގައި ކޯޓަށް މީހުން ހާޒިރުނުކުރެވިގެން އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން އެދެއެވެ.