ސްކޫލު ބަންދާ ދިމާކޮށް އަގުހުރި އިނާމުތަކާއިއެކު އެސްޓީއޯގެ "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ފަށައިފިއެވެ.
އިއްޔެއިން ފެށިގެން މަސް ދުވަހަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގަައި ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ކާބޯތާކެތި ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.
އޭގެތެރޭގައި، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުމެއް ވެސް ލިބެން ހުންނާނެއެވެ. މީގެއިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓް ތަކެއް ލިބެން ހުންނާނެއެވެ.
ކުއިކްބެރީ ބެރޭންޑުގެ "ޝުގާ ފްރީ" ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.

ކެޕްޝަން..އަގުހުރި އިނާމުތަކާއިއެކު އެސްޓީއޯގެ "ބެކް ޓު ސްކޫލް ޕްރޮމޯޝަން": ފޮޓޯ/ އެސްޓީއޯ
އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑް ތަކުން 100 ރުފިޔާއަށްވުރެ ގިނައިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެއެވެ. މި ކޫޕަން ފުރައިގެން، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ކުޑަކުދިންނަށް ޚާއްސަ "ޕީކަބޫ"ގެ ގިފްޓް ވައުޗާއެއް ލިބޭނެއެވެ.
އެގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 5000ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2500ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1500ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނުތަކުން ބޮޑު ޑިސްކައުންޓްތަކެއް ވެސް ލިބޭނެއެވެ. ހަމަ އެއާއެކު ދެ ޕްރޮޑަކްޓެއް ގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތު ވެސް އެސްޓީއޯގެ ކަސްޓަމަރުންނަށް ލިބޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން ކުރިޔަށް ދާނީ ގުރުއަތު ޕްރޮމޯޝަން ނިމުމުންކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.