ގެއަކަށް ވަދެ ނިދާފައި އަންނައުނު ނެގި 'ވަގެއް'، ކޯޓުގައި ބުނީ ރަހީނުކުރީ ކަމަށް

މީހަކު މަގުމަތީ: ވައްކަމުގެ ރިކޯޑު އޮތް މީހަކު ކޯޓުގައި ބުނީ ގެންދިޔައީ ރަހީނުކޮށްގެން ކަމަށް --- ސަން ފޮޓޯ

ގެއަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން އެ ގެއަށް ގެންދިޔައީ ރަހީނުކޮށްގެން ކަމަށާއި ނިދާ ހޭލައިގެން އެ ތަނުގައި އަންނައުނު ބަދަލުކޮށްލީ ކަމަށް ކްރިމިނަލް ކޯޓުގައި މީހަކު އިއްޔެ ބުނެފިއެވެ.

އެ ކޯޓުގެ އަމުރުގައިވާ ގޮތުން، އެ ތުހުމަތުގައި ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް ޖެހީ، 35 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ.

އޭނާ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ވައްކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކުރުމުން ކޯޓުގައި ބުނީ، އެ ގެއަކީ ދަންނަ ގެއެއް ނޫން ކަމަށެވެ. މިގޮތުން، އެ ގެއަށް އޭނާ ގެންދިޔައީ ރަހީނުކޮށްގެން ކަމަށާއި ނިދާ ހޭލައިގެން އެ ތަނުގައި ހުރި އަންނައުނުލީ ކަމަށް އެ މީހާ ބުންޏެވެ.

އެކަމަކު، މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ވައްކަމުގެ މައްސަލަަތަކުގައި ބަންދު ރިކޯޑު އޮތް މީހެކެވެ.

https://sun.mv/208481

އޭގެ އިތުރަށް، ގޭގެ ވެރިފަރަތާ ހަވާލާދީ އަމުރުގައި ވަނީ، އެ މީހާ އެގެއަށް ވަންގޮތެއް ނޭނގޭ ކަމަށާއި ފައިވާނަކާއި ގަމީހެއްގެ އިތުރަށް ޖިންސެއް އެ ގެއިން ވަގަށް ނަގާފައިވާ ކަމަށެވެ.

އެހެންވެ، އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ. އެއީ، ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރުމުންނެވެ.

comment ކޮމެންޓް