ވަން ޕީސް ސީޒަން ތިނެއް ވެސް ނެރޭނެ

ޖަޕާންގެ އައިޗީރޯ އޯޑާ އުފެއްދި މަންގާ ސީރީޒާއި އެއަށް ބިނާކޮށް ހަދާފައިވާ އެނީމޭ ސީރީޒް "ވަން ޕީސް"ގެ ލައިވް އެކްޝަން ޝޯގެ ދެވަނަ ސީޒަން ރިލީޒްކުރުމުގެ ޝޯގެ ތިންވަނަ ސީޒަނެއް ނެރޭނެ ކަމަށް އިއުލާނު ކޮށްފިއެވެ.

މިހާތަނަށް ރިލީޒްކުރި އެންމެ މަގުބޫލު އެނިމޭ ޝޯތަކުގެ ތެރޭގައި ހިމެނޭ ވަން ޕީސްއަށް ބިނާކޮށް ނެޓްފްލިކްސްއިން ވަނީ ލައިވް އެކްޝަން ޝޯއެއް ތައްޔާރު ކޮށްފައެވެ. މި ޝޯގެ ފުރަތަމަ ސީޒަން ރިލީޒްކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯސްޓް މަހުގައެވެ. އެއަށްފަހު މިހާރު ތައްޔާރުވަމުން އަންނަނީ ޝޯގެ ދެވަނަ ސީޒަން ނެރުމަށެވެ.

މަންގާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލައިވް އެކްޝަން ޝޯ ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ. މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މި މަގުބޫލު ކަމާއެކު ޝޯގެ ދެވަނަ ސީޒަން އަންނަ އަހަރަށް ވަނީ ތާވަލުކޮށްފައެވެ.

ޝޯގެ ދެވަނަ ސީޒަންގެ ޓީޒަރެއް ދާދިފަހުން ހާމަކުރިއިރު އެއާއެކު އިއުލާނު ކުރީ ޝޯގެ އިތުރު ސީޒަނެކެވެ. އެއާއެކު އިތުރު ސީޒަން ލިބޭނެ ކަމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މިހާރު ޝޯގެ ތިންވަނަ ސީޒަނެއް ވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އާ ސީޒަނާ ދެމެދު އޮތް މުއްދަތު ކުރުވާނެއެވެ. އެގޮތުން 2028 ވަނަ އަހަރުގައި ޝޯގެ ތިންވަނަ ސީޒަން ރިލީޒްކުރާނެއެވެ.

މި ޝޯގައި ފެނިގެންދާނީ މަންކީ ޑީ ލޫފީގެ ސްޓްރޯ ހެޓް ކަނޑުފޭރޭ ގްރޫޕެއް އެއްވެ އެކީގައި ކަނޑުމަތީ ދިމާވާ ކަންތައްތަކެވެ.

މި ޝޯގައި ލޫފީގެ ރޯލް އަދާކުރަނީ އިންޏާކީ ގޮޑޯއި އެވެ. މީގެ އިތުރުން މައި ރޯލުތައް ކަމުގައިވާ ރޮރޮނޯއާ ޒޯރޯގެ ރޯލަށް މެކެންޔޫ އަރާޓާ، ނާމީގެ ރޯލަށް އެމިލީ ރަޑް އަދި ޓާންޖީއަށް ޓަޒް ސްކައިލާ ހިމެނެއެވެ. މި އެކްޓަރުން ކުރިއަށް އޮތް ދެ ސީޒަނުން ވެސް ފެނިގެންދާނެއެވެ.

comment ކޮމެންޓް