އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ލޮލުގެ ފެނުމާ ގުޅިފައިވާއިރު، ލޮލުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޓަކައި ކޮންމެހެންވެސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ލޮލުގެ ފެނުން ގޯސްވާނަމަ ގަވައިދުން ތަޖުރިބާކާރެއްގެ އެހީތެރިކަމާއިއެކު ލޯ ޗެކްކޮށް، އައިނު އެޅުން ނުވަތަ ކޮންޓެކްޓް ލެންސް ލެއްވުމުން ސާފުކޮއް ތަންތަން ބަލާލެވޭނެއެވެ. ލޮލުގެ ހިމާޔަތަށް ލޮލަށް ރައްކާތެރިކަން ލިބޭނެފަދަ ފެންވަރު ރަނގަޅު އަވި އައިނު އެޅުން މުހިންމެވެ. މިކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވިޝަން އޮޕްޓިކަލްސްއިން ވަނީ އިތުބާރު ހޯދައިފައެވެ.
ލޮލުގެ ފެނުމުގައި އުނދަގޫ ހުންނަ ފަރާތްތަކަށް ވިޝަން އޮޕްޓިކަލްސްއިން އަންނަނީ ދެހާސް ހަތް ވަނަ އަހަރުން ފެށިގެން އެހީތެރިވަމުންނެވެ. އެގޮތުން އަތްފޯރާ އަގެއްގައި ނަންބަރު އައިނުގެ ޚިދުމަތާއި، އެ ދުވަސްވަރަކާގުޅޭ އެންމެ ޒަމާނީ ޑިޒައިންތަކުގެ ފެންވަރު ރަނގަޅު މަޝްހޫރު ބްރޭންޑްތަކާއި މެދުފަންތީގެ ބްރޭންޑްތަކުގެ އޮރިޖިނަލް ފްރޭމާއި އަވި އައިނާއި ކޮންޓެކްޓް ލެންސް ފޯރުކޮއްދެމުންދަނީ އިތުބާރާއި ޔަގީންކަމާއެކުގައެވެ.

ވިޝަން އޮޕްޓިކަލްސްއިން އެކި ބްރޭންޑުތަކުގެ، އެކި ޑިޒައިންތަކުގެ ފްރޭމްތައް ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މީގެ އިތުރުން، ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ގިނަގުނަ އެހީތެރިކަން ވިޝަން އޮޕްޓިކަލްސްއިން އަންނަނީ ފޯރުކޮއްދެމުންނެވެ. މިގޮތުން ވިޝަން އޮޕްޓިކަލްސްއިން "ވިޝަން" ބްރޭންޑުގެ ފްރޭމާއި ޕޮލަރައިޒްޑް އަދި 100 ޕަސެންޓް ޔޫވީ ލައިޓުން ލޮލަށް ރައްކާތެރިކަން ލިބޭ "ސަންބީޗް" ބްރޭންޑުގެ އަވިއައިނު ބާޒާރަށްނެރެ ވިއްކަމުން އަންނަތާ ދެ އަހަރެއްހާ ދުވަސްވީއިރު އެ ދެ ބްރޭންޑްވަނީ ދިވެހިންގެ މެދުގައި އެންމެ ހިނގާ މަޤްބޫލު ވިޝަން އޮޕްޓިކަލްސްގެ އަމިއްލަ ދެ ބްރޭންޑަށްވެފައެވެ.
ލޮލުގެ ރައްކާތެރިކަމާ ގުޅުންހުރި ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމުގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ފަހަނައަޅައިގޮސްފައިވާއިރު ވިޝަން އޮޕްޓިކަލްސްއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފެށުނީއްސުރެ ހިލޭ ލޮލުގެ ނަންބަރު ނެގުމުގެ ފުރުސަތު ލިބެންހުރުމެވެ.

ވިޝަން އޮޕްޓިކަލްސްއިން މަޝްހޫރު ބްރޭންޑުތަކުގެ އަވި އައިނު ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ހިލޭ ނަންބަރު ނެގުމަށްފަހު އިތުރު ތަނަކަށް ނުގޮސް އެ މީހަކު ބޭނުންވާ ބެރޭންޑަކުން އަތްފޯރާ އަގެއްގެ ފްރޭމެއް ޚިޔާރު ކުރުމަށްފަހު އައިނު ހެދުން ނުވަތަ ބޭނުންވާ ނަންބަރެއްގެ އަދި ބޭނުންވާ ކުލައެއްގެ ނުވަތަ ޓްރާންސްޕޭރެންޓް ކޮންޓެކްޓް ލެންސް ޚިޔާރުކުރުމުގެ ފުރުސަތު ލިބެން ހުރުމަކީ ވިޝަން އޮޕްޓިކަލްސްއިން ޚިދުމަތް ހޯދުމަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ލިބިގެންދާ ފަސޭހައެއްކަން އުފަލާއެކު ފާހަގަ ކުރެއެވެ.
ވިޝަން އޮޕްޓިކަލްސްއަކީ ދުނިޔޭގާ ނަން މަޝްހޫރު ބްރޭންޑްތަކާއި މެދުފަންތީގެ ބްރޭންޑްތަކުގެ ފްރޭމާއި އަވިއައިނުގެ އޮރިޖިނަލް ނުވަތަ ޖެނުއިން ބްރޭންޑްތައް ވިއްކާ، ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ވިޔަފާރިއަކަށްވުމާއެކު، ފޭކް އެއްވެސް ބްރޭންޑެއްގެ މުދަލެއް ވިއްކުން ވިޝަން އޮޕްޓިކަލްސްއިން މިއަދާ ހަމައަށްނުކުރާ ކަމާއި ނުކުރާނެ ކަމުގެ ޔަގީންކަން ވެސްދެއެވެ.

ވިޝަން އޮޕްޓިކަލްސްއިން އެކި ނަންބަރުތަކުގެ ކޮންޓެކްޓް ލެންސް ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ވިޝަން އޮޕްޓިކަލްސްއިން ހަދާ ނަންބަރު އައިނުގައި ލައްވަނީ 1959 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގާ އެންމެ ފުރަތަމަ ޕްރޮގްރޮސިވް ލެންސް އީޖާދުކުރި ފަރަންސޭސިވިލާތުގެ “ESSELOR” ބްރޭންޑުގެ ލެންސްކަން، ވަރަށް ފަޚުރުވެރިކަމާއެކު ވިޝަން އޮޕްޓިކަލްސްއިން ފާހަގަކުރެއެވެ.
ބައިގަރުނަށްވުރެ ދިގު މުއްދަތެއްވީ މި ބްރޭންޑުގެ އީޖާދީ، އެންމެ ފަހުގެ ލެންސް އަބަދުވެސް ވިޝަން އޮޕްޓިކަލްސްއިން ލިބެންހުރުމަކީ ރައްޔިތުން އަޅާ ނަންބަރު އައިނުން ލޮލަށް ލިބޭނެ ރައްކާތެރިކަމެއްކަމަށް ވިޝަން އޮޕްޓިކަލްސްއިން ފާހަގަ ކުރެއެވެ.

ވިޝަން އޮޕްޓިކަލްސް ކްލިނިކުން ތަޖުރިބާކާރު ޑޮކްޓަރު، ޑރ. އަބްދުﷲ ޖުނައިދަށް ދެއްކޭނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެއްކުޑައެއްގެ ދަށުން ފޯރުކޮށްދެމުންދާ އެކިއެކި ޚިދުމަތްތަކުގެ ތެރެއިން، ވިޝަން ކްލިނިކުން ލޮލުގެ ބަލިތަކަށް ޚާއްޞަކޮށް ޚިދުމަތްތައް ދެމުން އަންނަތާ ވެސް މިހާރު 13 ވަރަކަށް އަހަރުވެއްޖެއެވެ.
ވިޝަން ކްލިނިކުގައި އެ ޚިދުމަތް ދެނީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދެކެފަރިތަ، އޯގާތެރިކަމާއެކު ފަރުވާ ކުރައްވާ ލޮލުގެ ބަލިތަކަށް ޚާއްޞަ ޑރ. އަބުދުﷲ ޖުނައިދު އާއި އިތުރު ލޮލުގެ ޑޮކްޓަރުންނެވެ. ޒަމާނީ މެޝިނަރީސްގެ އެހީތެރިކަމާއެކު ލޮލުގެ ބަލިތަކަށް ދެމުންދާ ފަރުވާއާއެކު ވިޝަން ކްލިނިކަށް ޒިޔާރަތްކުރާ ބަލިމީހުންގެ މެދުގައި މި ކްލިނިކް ވަނީ މަޤްބޫލުވެފައެވެ.

ވިޝަން އޮޕްޓިކަލްސްގެ އަމިއްލަ ބްރޭންޑުގެ އަވި އައިނު -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ވިޝަން ކްލިނިކުން ލޮލުގެ ބަލިތަކަށް ޚާއްޞަކޮއް ދެމުންދާ ފަރުވާ އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ފަރުވާތައް ވެސް ތައާރަފު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޒަމާނީ މެޝިނަރީއާއެކު އަންނަ އަހަރުގެ ކުރީކޮޅު "ވިޝަން ހޮސްޕިޓަލް"ގެ ޚިދުމަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންކަން މެނޭޖުމަންޓްން ފާހަގަކުރެއެވެ.
ވިޝަން އޮޕްޓިކަލްސްއަށް ގުޅުއްވުމަށް ފޯން: 3333535، 3350006 ނުވަތަ 3009666އަށް ގުޅުއްވާ
ވިޝަން އޮޕްޓިކަލްސް އެންޑް ވިޝަން ކްލިނިކް
މ. ޝުރާ މަންޒިލް، ގްރައުންޑް ފްލޯ
ލޮލުގެ ޚާއްޞަ ޑޮކްޓަރަށް ދެއްކެވުމަށް ވިޝަން ކްލިނިކްގެ ފޯން: 3009666އަށް ގުޅުއްވާ
ވިޝަން މޯލްޑިވްސްގެ ޚިދުމަތްތަކާއި ޕްރޮމޯޝަންތަކާއި އެހެނިހެން މައުލޫމާތު ވެސް ކްލިނިކްގެ ފޭސްބުކް ޕޭޖް، އިންސްޓަގްރާމް، ޓިކްޓޮކްން ލިބެން ހުންނާނެއެވެ.
.