ބާ ކައުންސިލްގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ދައުރުކުރާތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ދިވެހި ފުލުހަށް ހުށަހަޅަން ނިންމާފައިވާކަމަށް ބާ ކައުންސިލުން މިއަދު ބުނެފިއެވެ.
ބާ ކައުންސިލުން ބުނީ ދިވެހި ރާއްޖޭގެ ބާ ކައުންސިލްގެ ކުރީގެ ލޯގޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބާ އިމްތިހާންގެ މޮކް ކަރުދާހެއްކަމަށް ދޭހަވާ ލިޔުމެއް ދައުރުވަމުންދާކަން އެކައުންސިލަށް ފާހަގަވެފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ކުރީގެ ކޯގޯ ބޭނުންކޮށްގެން ބާ ކައުންސިލްގެ ލިޔުމެއްކަމަށް ދޭހަވާފަދަ ލިޔުމެއް ދައުރުވަމުންދާ މައްސަލަ، ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް ވަނީ ނިންމާފަ
ބާ ކައުންސިލުން ބުނީ ބާ އިމްތިހާނާ ގުޅިގެން، ރާއްޖޭގެ ބާކައުންސިލްގެ ރަސްމީ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން އެއްވެސް ލިޔުމެއް ނުވަތަ މޮކް ކަރުދާހެއް، ބާކައުންސިލުން އެންޑޯސްކޮށް، އާންމުކޮށްފައި ނުވާނެކަމަށެވެ.
މިއަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ތައްޔާރުވެފައިވާ ބާ އިމްތިހާނާ ގުޅޭގޮތުން ބާ ކައުންސިލުން މައުލޫމާތު އާންމުކުރަނީ އެ ކައުންސިލްގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
ބާ ކައުންސިލުން އިތުރަށް ބުނީ މިފަދަ ސައްހަ ނޫން ލިޔުންތައް ދައުރުކުރުމަކީ ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް އޮޅުންތައް ކުރިމަތިވާނެކަމަކަށް ވާތީ، އެކަން އެގޮތައް ނުކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ.