ވާވު ވޮލީބޯޅަ މުބާރާތް ފަށާނީ ފުލިދުއާއި ކެޔޮދޫ މެޗުން

ވ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އަންނަ ހުކުރު ދުވަހު ފަށާ "ވާވު ވޮލީބޯލް ޓޯނަމަންޓް 2025"ގެ ފުރަތަމަ މެޗުގައި މުބާރާތުގެ އަންހެން ޑިވިޝަނުގެ ދެ ޓީމު ކަމަށްވާ ފުލިދޫ އާއި ކެޔޮދޫ ބައްދަލުކުރަން ޖެހިއްޖެއެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޝަނުގައި ހަތަރު ޓީމު، އަދި އަންހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ޓީމު ލީގު ފޯމެޓަށް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.

ވާވު ވޮލީބޯލް މުބާރާތުގެ ޝެޑިއުލް --

އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ތިން ޓީމުގެ މެދުގައި މެޗުތަކެއް ކުޅުމަށްފަހު އެއްވަނަ ލިބޭ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ އަދި ތިންވަނައަށް ދާ ޓީމުތަކުން ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.

ދެ ޑިވިޝަނުގެ ފައިނަލް މެޗުގެ ތެރެއިން އަންހެން ޑިވިޝަނުގެ ފައިނަލް މެޗު މިމަހުގެ 22ގައި ކުޅޭއިރު ފިރިހެން ޑިވިޝަނުގެ ފައިނަލް ތާވަލުކޮށްފައިވަނީ 23 ވަނަ ދުވަހަށެވެ.

މި މުބާރާތަކީ ވ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެންމެ ފޯރިގަދަ މުބާރާތެވެ. ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު ބާއްވަނީ ވ. ފެލިދޫގައެވެ.

ގައުމީ ލެވެލްގައި ވ. އަތޮޅަކީ ފާހަގަކޮށްލެވޭ އަތޮޅެކެވެ. އެގޮތުން ގައުމީ އަންހެން އަދި ފިރިހެން ޓީމުގައި ވ. އަތޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެކި ދުވަސްވަރު ކުޅެފައިވެއެވެ. އަދި ގައުމީ ލެވެލްގެ ވަރުގަދަ ޓީމުތަކުގައި ވެސް ވ. އަތޮޅުގެ ކުޅުންތެރިން ހިމެނެއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު