މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ސްކޮޑުގެ ޓްރަޔަލްސްގައި ބޮޑު ކުރިއެރުމެއް ހޯދާ، ރާއްޖޭގެ އެންމެ އުންމީދީ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފް (އެލީ) ސީނިއާ ސްކޮޑުން ފުރުސަތު ހޯދައިފިއެވެ.
ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުން ލައިބާ ފުރުސަތު ހޯދީ އެންމެ 12 އަހަރުގައެވެ. މި ސިލެކްޝަން ޓްރަޔަލް ކުރިއަށްދިޔައީ އޮގަސްޓް 11-13 އަށް މާލޭގެ ކުޅިވަރު އެކުވެނި އިންޑޯގައި ބޭއްވި ޓްރަޔަލްތަކުގައެވެ.
މި ޓްރަޔަލްތަކުގައި މާލެ ސިޓީ، ބ. އޭދަފުށި ޅ. ނައިފަރު އަދި އައްޑޫ ސިޓީ ހިމެނޭ ގޮތަށް ދެ ޖިންސުން މުޅިއެކު 50 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކޮށްފައެވެ.
ލައިބާ މި ޝަރަފު ހޯދީ ގްރޫޕް ފިޔަވަހީގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެއާއެކު ލައިބާ ވެގެންގޮސްފައިވަނީ ސީނިއާ ސްކޮޑުން ފުރުސަތު ލިބުނު އެންމެ ހަނގު ކުޅުންތެރިޔާއަށެވެ.
ގައުމީ ސީނިއާ އަންހެން އަދި ފިރިހެން ބެޑްމިންޓަން ޓީމަށް ހޮވުނު ކުޅުންތެރިން
އަންހެން
1- ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤް
2- އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤް
3- ލައިބާ އަޙްމަދު މަހްލޫފް
4- އައިޝަތު އާލިޝާ މޫސާ
5- ޝުބާ މުޙައްމަދު ޝަރީފް
6- ޔަލްވީ ހުސެއިން ޒުހުރީ
ފިރިހެން
1- ޒަޔާން ހުސެއިން ޝަހީދު ޒަކީ
2- އަޙްމަދު ނިބާލް
3- ހަސަން ޒަޔާން މުޙައްމަދު
4- ހައިޝަމް އިބްރާހިމް އަލީ
5- އާދަމް މަހީން މުޙައްމަދު
6- އިބްރާހިމް ނާޝިތު ހަމްދީ