ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ ނުވަ ޖަމިއްޔާއަކުން ގޮވާލައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހޯމް މިނިސްޓަރު އަލީ އިހުސާން: ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ ނުވަ ޖަމިއްޔާއަކުން ވަނީ ގޮވާލައިފައި -- ފޮޓޯ/ ހޯމް މިނިސްޓްރީ

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ ނުވަ ޖަމިއްޔާއަކުން އިއްޔެ ގޮވާލައިފިއެވެ.

މިދިޔަ މަހުގެ 30ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް، އެކަން ދިރާސާކުރަން އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/209295

އެ ބަޔާނުގައި ވަނީ، ކޮންމެ ހާލަތެއްގައި ވެސް މަރުގެ އަދަބު ދިނުމަކީ އެ ޖަމިއްޔާތަކުން ދެކޮޅު ކަމެއް ކަމަށެވެ. އެގޮތުން ބަޔާނުގައި ސޮއިކޮށްފައިވަނީ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސްއާއި އެމްނެސްޓީ އިންޓަނޭޝަނަލްއާއި އެންޓި ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކްއާއި ކެޕިޓަލް ޕަނިޝްމެންޓް ޖަސްޓިސް ޕްރޮޖެކްޓްއާއި ހާމް ރިޑަކްޝަން އިންޓަނޭޝަނަލްއާއި ހިއުމަން ރައިޓްސް ވޮޗްއާއި އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސްއާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއާއި ވޯލްޑް ކޯލިޝަން އެގެންސްޓް ދަ ޑެތު ޕެނަލްޓީއެވެ.

އެ ބަޔާނުގައިވަނީ ރާއްޖެއަކީ، މަދަނީ އަދި ސިޔާސީ ހައްގުތައް ކަށަވަރުކޮށްދޭ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ބައިވެރިއެއް ކަމަށްވާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި މަރުގެ އަދަބު ދޭން ހިމެނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި މަރުގެ އަދަބު ދިނުމަކީ ކުށް ކުރުން ހުއްޓުވުމުގައި ޚާއްސަ ދައުރެއް އަދާކުރާނެ ފިޔަވަޅެއްކަން ކަށަވަރުކޮށްދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުންޏެވެ.

އެ ބަޔާނުގައި ވަނީ މަރުގެ އަދަބު ދިނުމަށް ސަރުކާރާއި މަޖިލީހުން ވެސް ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފައެވެ.

"ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ކަނޑައަޅައިފައި އޮތް އޮތުން އެއްކޮށް އުވާލައި މިހާރު މަރުގެ އަދަބު ދޭން ހުކުމްކޮށްފައިވާ މީހުންގެ ހުކުމް ވީހާވެސް އަވަހަށް ލުއިކޮށްދިނުމަށް ގޮވާލަން،" ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ މަރުގެ އަދަބު ދިނުމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށާއި އެއީ މިހާރު އެ އަދަބު ތަންފީޒުކުރަމުން އަންނަ ގައުމުތަކުން ވެސް އުވާލަމުން އަންނަ އަދަބެއް ކަމަށް ބަޔާނުގައި ސޮއިކޮށްފައިވާ ޖަމިއްޔާތަކުން ބުންޏެވެ.

ރާއްޖޭގެ ގާނޫނުލްއުޤޫބާތުގައި މިހާރު ވެސް، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް