އަބަދު ގައިގައި ރިއްސަނީތަ؟ މި ކަސްރަތުތައް ކުރޭ

ދުވަސްވާ ވަރަކަށް މީހާގެ ދިރިއުޅުމުގެ އާދަތަކަށް ބަދަލުތައް އަންނާނެއެވެ. މީހާގެ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތައް އަންނާނެއެވެ. ކުރިން އުޅޭހާ ފަސޭހައިން ދުވެހަދައި ނޫޅެވިދާނެއެވެ. އެއާއެކު އެންމެ އުނދަގޫވާ އެއް ކަމަކީ މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސާ ރިއްސުމެވެ. މި ކަންތަކަށް ބަލައި ހަށިގަނޑަށް ފައިދާ ވާނެ ކަސްރަތުތަކެއް ކުރަން ވަރަށް މުހިއްމެވެ.

މަސައްކަތުގެ މާހައުލު ހުންނަ ގޮތުންނާއި ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުގެ ސަބަބުން ހަށިގަނޑުގެ ގިނަ މަސްލްތައް ބޭނުން ކުރަން ޖެހޭ ގޮތަށް ނުކުރެވެއެވެ. އަދި މީހާ ހިނގާބިނގާ އުޅެން ޖެހޭ ގޮތަށް ނޫޅެވޭތީ ގިނަ ފަހަރަށް އެކި ތަންތަނުގައި ރިއްސައެވެ. ދުޅަހެޔޮ ސިއްހަތެއްގައި ނުހުންނަ ނަމަ މި ކަންތައް ގޯސްވާ މިންވަރު އަވަސް ވާނެއެވެ.

ނަމަވެސް, ރަނގަޅު ޑައިޓެއްގެ އިތުރުން ހަށިގަނޑާއި އާދަތަކަށް ބަލައި އެއާ ގުޅޭ ކަސްރަތުތަކެއް ބޭނުން ކުރާނަމަ މިފަދަ ކަންތައް ދިމާވާ މިންވަރު ކުޑަކޮށްލެވިދާނެއެވެ. އެހެންވީމާ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ބައެއް ކަސްރަތުތަކަކީ ކޮބާ ހެއްޔެވެ؟

މޮބިލިޓީ ވޯކް

މަސްލްގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ އެ މަސްލްތައް ގަނޑުވުން ނުވަތަ ބާރުވުން ވެސް ކުޑަކޮށްދޭނެ ކަމެކެވެ. އެއާއެކު މަސްލްތައް ގިނައިން ބޭނުން ކުރެވޭނެ ކަސްރަތުތައް ކުރުން ވަރަށް މުހިންމެވެ. އޭގެ ތެރޭގައި މުޅި ހަށިގަނޑުގެ ގިނަ ގުނަވަންތައް ސްޓްރެޗް ކުރެވޭ ފަދަ ހަރަކާތްތައް ހިމެނެއެވެ. މިސާލަކަށް ޕިލާޓީސް އާއި ޔޯގާ ފަދަ ކަސްރަތުތަކަކީ މީހާގެ މަސްލްތައް ބާރުވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކެވެ.

ރެޒިސްޓެންސް ޓްރެއިނިން

ދުވަހުގެ އާދަތަކާއި އުމުރުން ވަރަކަށް މީހާގެ މަސްލްތައް ވެސް ކުޑަވެ އެ ގެއްލެން މެދުވެރިވާނެއެވެ. މިއީވެސް މުޅި ގައިގައި ރިއްސުމަށް މެދުވެރިވާ ސަބަބަކެވެ. އެހެންވީމާ މަސްލްތައް ދުޅަހެޔޮކޮށް ބަހައްޓައި ވަރުގަދަ ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. މިކަމަށް އޮތް ހައްލަކީ ރެޒިސްޓެންސް ޓްރެއިނިންއެވެ. މިއީ މީހާ އިތުރަށް ވަރުގަދަ ކުރުމަށް ބާރުއަޅާ ހަރަކާތްތަކެވެ. އޭގެ ތެރޭގައި ވެއިޓް ލިފްޓު ކުރުމާއި ޕުޝްއަޕް އަދި ސްކުއަޓްސް ފަދަ ކަސްރަތުތައް ހިމެނެއެވެ. މިފަދަ ކަންތައް ފަށާނީ ހަށިގަނޑަށް އެންމެ ފުރަތަމަ ވާ ވަރަކަށެވެ. ދެން މަޑުމަޑުން ބަރުދަން އިތުރުކޮށް ސެޓުތައް ވެސް ގިނަ ކުރާނީއެވެ.

ބެލެންސް ކުރާ ކަސްރަތުތައް

އަބަދު އެއްތަނެއްގައި ތިބުމުގެ ސަބަބުން ހަށިގަނޑު ބޭނުންވާ ގޮތަށް ގުޑާ ނުލައި ތިބެން ޖެހެއެވެ. މިއީ އުނަގަނޑާއި ކޮނޑު އަދި ކަނދުރާއަށް އޭގެ ބޮޑެތި އަސަރުތަކެއް ކުރާ ކެމެވެ. އެއާއެކުމީހާގެ ބެލެންސް ހިފެހެއްޓޭނެ ކަސްރަތުތައް ކުރުން ވަރަށް މުހިންމެވެ. އޭގެ ތެރޭގައި މީހާގެ "ކޯ" ވަރުގަދަ ކުރާނެ ކަސްރަތުތައް ކުރަން ޖެހެއެވެ. މިއީ މީހާގެ ކޯ މަސްލް ގިނައިން ބޭނުން ކުރުމަށް ބާރުއަޅާ ކަމެކެވެ. އެހެންވުމުގެ ސަބަބުން އުނަގަނޑުގެ ރމިސާލަކަށް ކްރަންޗް އާއި ސިޓަޕްސް އަދި ޕްލޭންކް ފަދަ ކަސްރަތުތަކަކީ މީހާގެ ކޯ ވަރުގަދަ ކޮށްދޭނެ ކަސްރަތުތަކެވެ.

comment ކޮމެންޓް