ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ 1159 ގަސް، ފުޑް ސެކިއުރިޓީގެ ދަށުން ށ. އަތޮޅަށް ދީފި

ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ 1159 ގަސް، ފުޑް ސެކިއުރިޓީގެ ދަށުން ށ. އަތޮޅަށް ދީފި --

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހިންގާ، "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން، ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ 1159 ގަސް ށ. އަތޮޅުގެ ހަތަރު ރަށަކަށް ހަދިޔާކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ މި މަހުގެ ތެރޭގައި ށ. އަތޮޅުގެ ހަތަރު ރަށް ކަމަށްވާ، ފުނަދޫ، ޅައިމަގު، ނަރުދޫ، އަދި ބިލަތްފަހިއަށް ޖުމްލަ 1159 ގަސް ފޯރުކޮށްދީފައި ވާކަމަށެވެ. އޭގެތެރޭގައި ބަނބުކެޔޮ، ޖަނބުރޯލު، މުރަނގަ، އަދި އަލަ ގަސް ހިމެނެއެވެ.

"ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ގަސް، ފޮނުވައިފައިވާ ށ. އަތޮޅުގެ ހަތަރު ރަށާއި ތަފުސީލް:

ށ. ފުނަދޫ:

ބަނބުކެޔޮ - (ގޭބީސީ ތަކަށް އަށް ގަސް، އޮފީސްތަކަށް 57) ޖުމްލަ 65

ޖަނބުރޯލް - (ގޭބީސީ ތަކަށް ނުވަ ގަސް، އޮފީސްތަކަށް 107) ޖުމްލަ 116

މުރަނގަ - (ގޭބީސީ ތަކަށް ފަސް، އޮފީސްތަކަށް 106) ޖުމްލަ 111

އަލަ - (ގޭބީސީ ތަކަށް 32) ޖުމްލަ 32

ށ. ޅައިމަގު

ބަނބުކެޔޮ - ގޭބީސީތަކަށް 59 ގަސް

ޖަނބުރޯލް - ގޭބީސީތަކަށް 52 ގަސް

މުރަނގަ - ގޭބީސީތަކަށް 51 ގަސް

އަލަ - ގޭބީސީތަކަށް 216 ގަސް

ށ. ނަރުދޫ

ބަނބުކެޔޮ - (ގޭބީސީ ތަކަށް ހަތް ގަސް، އޮފީސްތަކަށް 53) ޖުމްލަ 60

ޖަނބުރޯލް - (ގޭބީސީ ތަކަށް 12، އޮފީސްތަކަށް 59) ޖުމްލަ 71

މުރަނގަ - (ގޭބީސީ ތަކަށް 11، އޮފީސްތަކަށް 56) ޖުމްލަ 67

އަލަ - ގޭބީސީ ތަކަށް 56 ގަސް

ށ. ބަލަތްފަހި

ބަނބުކެޔޮ - ގޭބީސީ ތަކަށް 29 ގަސް

ޖަނބުރޯލް - ގޭބީސީ ތަކަށް 29 ގަސް

މުރަނގަ - ގޭބީސީ ތަކަށް 29 ގަސް

އަލަ - ގޭބީސީ ތަކަށް 116 ގަސް

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ރަށުގެ ރައްޔިތުންނަށް ކާނާ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް މިފަދަ ގަސްތައް ފޯރުކޮށްދިނުމަށް އެދި ކައުންސިލްތަކުން އެ ވުޒާރާގައި އެދޭކަމަށެވެ. އެހެންކަމުން ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ ސެންޓަރުން، އެފަދަ ރަށްރަށަށް ބޭނުންވާ މިންވަރަށް ގަސްތައް ފޯރުކޮށްދޭކަމަށާއި ޖޫން މަހު ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ދީފައި ވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކާރިސާތަކާއި ކުރިމަތިވާ ހާލަތްތަކުގައި ކާނާގެ ޔަގީންކަން ކަށަވަރުކުމަށް އިސްކަންދެއްވައިގެން މަސައްކަތް ކުރާނެކަމަށް، ސަރުކާރުން ވަނީ ބުނެފައެވެ. ދަނޑުވެރިކަމަށް ޚާއްސަ ވުޒާރާއެއް އުފެއްދީ ވެސް ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް އަދި އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭތަން ނުފެންނަކަމަށް ދަނޑުވެރިން ބުނެއެވެ.

މި ސަރުކާރުން ވަނީ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމެއް ވެސް ފަށައިފައެވެ.

comment ކޮމެންޓް