މޫސުން ފަށާނީ އަންނަ ހޯމައިގައި

ތަފާތު ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތްކުރަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ވެބް ޝޯ "މޫސުން" އަންނަ ހޯމަ ދުވަހު ޕްރިމިއާކުރުމަށް ތައްޔާރުވެއްޖެއެވެ.

ޑާކްރެއިންއިން މި އަހަރުގެ މެއި މަހުގައި ޝޫޓިން ފެށި މި ޝޯގެ ބައެއް ބިހައިންޑް ދަ ސީންސް މަންޒަރުތައް މީގެ ކުރީން އާންމުކޮށްފައިވާއިރު ދާދިފަހުން ވަނީ ޝޯ ރިލީޒްކުރާ ތާރީހު، ޓްރެއިލަރަކާ އެކު އާންމުކޮށްފައެވެ.

އަންނަ ހޯމަ ދުވަހު ޝޯގެ ފުރަތަމަ އެޕިސޯޑު ދެއްކުމަށް ތައްޔާރުވެފައިވާއިރު ޝޯއާ ގުޅޭ ތަފާތު އެކި މަންޒަރުތައް އާ ޓީޒަރުން އާންމުކޮށްފައިވެއެވެ. އާ ޓީޒަރުން އެނގިގެން ދާ ގޮތުގައި ޝޯގައި އެކި ޒަމާންތަކަށް ބެހިގެންދާ ލޯބީގެ ވާހަކަތަކެއް ކިޔައިދޭނެ ކަމަށް އިޝާރާތް ކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ޒަމާންތަކުގެ މަންޒަރުތައް ދައްކުވައިދޭ މި ވެބް ޝޯއަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އުފެއްދުމެކެވެ. ޗިއްޕެއަކީ މި ފަހަކަށް އައިސް ގިނަ ޝޯތަކެއް އުފައްދަމުން އަންނަ ޑައިރެކްޓަރެކެވެ. ޗިއްޕެ ވަނީ މި އަހަރުގެ ތެރޭގައި ވެސް ވަރުގަދަ ޝޯތަކެއް މީގެ ކުރީން އުފައްދާފައެވެ. އޭގެ ތެރޭގައި، "ފެށުމާއި ނިމުން"ގެ އިތުރުން "ރޯލީމޭ" ހިމެނެއެވެ. މި ދެ ޝޯއަކީ ވެސް ލޯބީގެ ވާހަކަތަކެއް ކިޔައިދޭ ދެ ޝޯއެވެ. އެހެންވީމާ އަލަށް ނެރެން އުޅޭ ޝޯއަކީ ވެސް ލޯބީގެ ވާހަކަތަކެއް ކިޔައިދޭނެ ޝޯއެއް ކަމަށް ބެލެވެއެވެ.

އަލަށް ނެރޭ ޝޯއަކީ 10 އެޕިސޯޑުގެ ޝޯއެކެވެ. އަދި، މި ޝޯ އާންމުންނަށް ފެންނާނީ މީޑިއާނެޓްގެ އެމްއެސް ކްލަބުންނެވެ.

މޫސުންގެ ކާސްޓުންގެ ގޮތުގައި މުހައްމަދު މަޒީނާއި އައިޝާ އަލީގެ އިތުރުން ޝަޒްލީމާއި މުހައްމަދު އަފްރާހް އަދި އަވާހަތު އަބްދުالله ވެސް ހިމެނެއެވެ.

comment ކޮމެންޓް