އިސްރަށްވެހިންނަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ ދާއިރާއިން ތަމުރީން ޕްރޮގްރާމްތައް ހިންގުމަށް މިއަދު މަޝްވަރާކޮށްފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، އިސްރަށްވެހިނަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ އެކި ތަމުރީންތައް ހިންގޭނެ ގޮތްތަކާއި ބެހޭގޮތުން ނާދީގެ މެންބަރުންނާ އެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އިސްރަސްވެހިންނަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ކުރެވުނު މަޝްވަރާގެ ތެރެއިން: ފޮޓޯ/ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ
އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، މުޖުތަމަޢުގައި ޝާމިލުކުރަނިވި ބަޔަކަށް ހެދުމުގެ މަޤުސަދުގައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އަދި، މި މަޝްވަރާތަކަކީ ވެސް އެ މަގުސަދު ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްވަރާތަކެވެ.
ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މާލޭގެ އިސްރަށްވެހިންގެ ނާދީ އަދި ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް ހަރަކާތްތައް ދަނީ ހިންގަމުންނެވެ.