މާލޭ ސޯސަން މަގުގައި މީހަކަށް ހަމަލާދީ، ޒަޚަމުކޮށްލައިފި

ސޯސަން މަގުގައި މީހަކަށް ހަމަލާދީފައި: އޭނާއަށް އަންނަނީ ފަރުވާ ދެމުން --- ފޮޓޯ/ އެމްވީ ކްރައިސިސް

މާލޭ، ސޯސަން މަގުގައި މިރޭ މީހަކަށް ހަމަލާ ދީ، ޒަޚަމުކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ސޯސަން މަގުގައި މީހަަކަށް ހަމަލާދީ ޒަޚަމުކޮށްލާފައިވާ ކަމުގެ މައުލޫމާތު މިރޭ 23:11 ހާއިރު ލިބުނު ކަމަށެވެ.

މި ހާދިސާގައި ހަމަލާދީފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމަކު، އޭނާއަށް ލިބުނު އެއްވެސް އަނިޔާގެ ތަފްސީލެއް ނުވަތަ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ފުލުހުން ނުދެއެވެ.

ފުލުހުން އަންނަނީ، މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅުން ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯގައި މަގުމައްޗަށް މީހަކު ވެއްޓިފައި އޮތް ތަން ފެންނައިރު، އެމީހާ ކައިރީ ދެ ފުލުހަކު ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.

މާލޭގައި ނުރައްކާތެރި މާރާމާރީތައް ހިންގުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.

comment ކޮމެންޓް