ކޭޕޮޕް ޑީމަން ހަންޓާސް އިންޓަނެޓު ހިސޯރުކޮށް، ރިކޯޑު މުގުރަނީ

މީގެ ދެ މަހެއް ކުރީން ނެޓްފްލިކްސްއިން ނެރުނު އެނިމޭޓެޑް ފިލްމު ކަމަށްވާ "ކޭޕޮޕް ޑީމަން ހަންޓާސް" ވެގެން ދިޔައީ ގިނަ ބަޔަކު ހީވެސް ނުކުރުާ ވަރުގެ ބޮޑު ހިޓަކަށެވެ. ނެޓްފްލިކްސްގެ ލިސްޓުތަކުގެ އެއްވަނައިގައި އޮތުމަށް ފަހު އެންމެފަހުން ދުނިޔޭގެ ބޮޑެތި ޗާޓުތައް މުގުރަން ފަށައި މުޅި ފިލްމު މިހާރު އޮތީ އިންޓަނެޓު ހިސޯރުކޮށްފައެވެ.

ކޮރިއަން ޕޮޕް ނުވަތަ ކޭޕޮޕް ގްރޫޕެއް އާދަޔާ ހިލާފު ބާރުތަކާ އެކު އެކި ކަހަލަ ނުރައްކާތަކުން ދުނިޔެ ސަލާމަތްކޮށްދޭތަން މި އެނިމޭޓެޑް ފިލްމުން ފެނެއެވެ.

ފިލްމު ނެރުމާ އެކު ވެސް ކުޑަކުދީންގެ ތެރޭގައި މި ފިލްމު މަގުބޫލުވާނެކަން އެނގުނީ ފިލްމުގެ މަގުބޫލު ސައުންޑްޓްރެކުންނެވެ. މަޝްހޫރު ތަފާތު ކޭޕޮޕް އާޓިސްޓުން ވެސް އަޑު އަޅާފައިވާ މި ފިލްމު ވެގެންދިޔައީ ބޮޑެތި މީހުންގެ މެދުގައި ވެސް މަގުބޫލު ފިލްމަކަށެވެ.

ނަމަވެސް، އެއްވެސް ބަޔަކު ހީނުކުރާ ވަރަށް ފިލްމު ވައިގައި ހިފީއެވެ. ފިލްމުގެ ސައުންޑްޓްރެކް ސްޓްރީމިން ސާވިސް ސްޕޮޓިފައިގެ ރިކޯޑުތައް މުގުރަން ފެށީއެވެ. މާ ގިނަ ދުވަސްތަކެއްނުވެ، އެންމެ މަގުބޫލު ކޭޕޮޕް ގްރޫޕުތަކުގެ ލ؛ިސްޓުގައި މި "ފޭކް" ގްރޫޕު ހިމެނެން ފަށައިފިއެވެ.

މިހާރު މިއީ ސީރިއަސް ނުފޫޒެއް އޮތް ފިލްމެއްކަން އެނގިފައެވެ. އެކަމަކު، މާ ގިނަ ދުވަސްތަކެއް ނުވެ ދުނިޔޭގެ ބޮޑެތި މިއުޒިކް ޗާޓުތައް ކަމަށްވާ ބިލްބޯޑާއި ރޯލިންސްޓޯން ފަދަ ޗާޓުތަކުގެ އެއްވަނައަށް ވެސް ފިލްމުގެ ސައުންޑްޓްރެކް ގޮސްފިއެވެ. ދާދިފަހުން އިވިފައިވަނީ މީގެ 25 އަހަރު ކުރީ މުގުރާލާފައިނުވާ ރިކޯޑެއް މި ފިލްމުގެ ސައުންޓްރެކުން ލަވައެއް ކަމަށްވާ "ގޯލްޑެން" މުގުރާލި ވާހަކައެވެ. އެއީ މީގެ 25 އަހަރު ކުރީން މިއުޒިކް ލެޖެންޑް އެރީތާ ފްރެންކްލިން ގާއިމުކޮށްފައިވާ ރެކޯޑެކެވެ.

ކޮންމެއަކަސް މި ފިލްމު ވެފައިވަނީ މިއަހަރުގެ ސަމާގެ އެންމެ ބޮޑު ހިޓަށެވެ. ފިލްމުގެ މަގުބޫލުކަން ބޮޑުކަމުން ނެޓްފްލިކްސް އިން ހާއްސަ ލައިވް އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ލައިވް އިވެންޓަކީ ފިލްމުގެ ލަވަތައް ލައިވް އޯޑިއަންސްއެއްގައި ބެލުންތެރިންނާއެކު ކިޔުމަށް ބާއްވާ އިވެންޓެކެވެ. މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައެވެ.

comment ކޮމެންޓް