މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފި، މިހާރު 11،191.95 ރުފިޔާ

ޒަކާތް ބަލައިގަތުން: މުދަލު ޒަކާތުގެ ނިޞާބު އިއްޔެ ވަނީ ބޮޑުކޮށްފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިއްޔެއިން ފެށިގެން މުދަލު ޒަކާތް ދައްކަން ވާޖިބުވާ ނިޞާބުގެ މިންވަރު ބޮޑުކޮށްފިއެވެ.

މީގެ ހަތްމަހެއްހާ ދުވަސްކުރިން، މިދިޔަ ޖެނަވަރީ 23ގައި، ވަނީ، މުދަލު ޒަކާތުގެ ނިޞާބު ދަށްކޮށްފައެވެ. އޭރު ކުޑަކުރީ، 9240.35 ރުފިޔާއިން 8،800 ރުފިޔާއަށެވެ.

އޭގެފަހުން، ޒަކާތު ހައުސްއިން އިއްޔެ ބުނީ، މިހާރު މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ނިޞާބަކީ 11،191.95 ރުފިޔާ ކަމަށެވެ. އެއީ، ރިހި ގުރާމަކަށް 18.81ގެ ރޭޓަށް ބަލައިގެނެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވާނެއެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

https://sun.mv/207806

ޒަކާތުގެ ނިޞާބު އެންމެ ފަހުން ބޮޑުކުރީ، މިދިޔަ އަހަރުގެ މެއި، 22ގައެވެ. އޭގެފަހުން، މިދިޔަ ޖޫން މަހު، އިސްލާމިކް މިނިސްޓްރީން ވަނީ، މިދިޔަ އަހަރަށް ވުރެ 1،000 ރުފިޔާ އިތުރަށް، ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން މުދަލުގެ ޒަކާތް ބަހާފައެވެ. އޭރު މިނިސްޓްރީން ޒަކާތް ބަހާފައި ވަނީ، ފަޤީރުންގެ ދަފްތަރުގައި އެހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 ފަޤީރުންނަށެވެ.

comment ކޮމެންޓް