ހުވައި ނުކުރާ ކަމަށް ބުނި ފުލުސް މީހާ ބަންދުކޮށްފި

މަގާމުގެ ހުވާނުކުރާ ކަމަށް ބުނި ފުލުހުގެ ޝަރީއަތުގެ ތެރެއިން --

ހައިކޯޓުގެ ޝަރީއަތުގައި، ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދިކ ފުލުސް މީހާ އަލުން ބަންދުކޮށްފިއެވެ.

އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 11ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ތިނަދުއަށް ނިސްބަތްވާ މުހައްމަދު ސާޖިދެވެ. އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ.

އެހެންނަމަވެސް، އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލީއެވެ. ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުންވަނީ އޭނާ ދޫކޮށްލުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ އަމުރާ އެއްގޮތަށް އަލުން އެ މައްސަލަ ހުށަހެޅުމުން، 20 ދުވަހަށް އޭނާ ބަންދު ކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

ތިނަދޫ ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު ވަނީ އެ މައްސަލައިގައި ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައިވަނީ، ހުވާކުރުމާ ގުޅޭގޮތުން ޝަރީއަތުގައި ދެކެވުނު ވާހަކަތަކުގެ އަލީގައި، ހުވައެއްކުރަންޖެހޭ ދައުލަތުގެ މަގާމުތަކުގައި ހިމެނޭ މީހުން ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ ހުވަޔާއި، ހުވާގެ އިގުރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާ ގޮތުގެމަތިން، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި، އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކޮށްފައެވެ.

"ޝަރީޢަތުގެ އަޑުއެހުމުގައި، ހުވާނުކޮށް މުސާރަލިބުމުގައި ގޯހެއް އޮތްކަމަށް މީނާނުދެކޭކަމަށް ބެލެވޭބީދައިން މީނާ ވާހަކަދައްކާފައިވެއެވެ. މިއީ، މާތްﷲ ގަންދީ ހުވާކުރުމާގުޅޭގޮތުން ކަންވެގެންވާނެގޮތް ނުވަތަ ޝަރީއަތުގައި އެފަދަ ހުވަޔަކާމެދު އެއްވެސް މީހެއްގެބަސްމަގު ހުންނަންވާނެ ގޮތްކަމަށް ނުދެކެމެވެ. އެ ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެހެންކަމުން، ގާނޫނުލްއުގޫބާތުގެ 512ވަނަ މާއްދާއާއި، އެ ޤާނޫނުގެ 533ވަނަ މާއްދާއާ ގުޅޭގޮތުން ދައުލަތުން ހުށަހަޅާފައިވާ ތުހުމަތުތަކަށް ވެސް މިހާލަތުގައި ބުރަދަން ލިބިފައިވާކަމަށް ދެކެމެވެ" ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް