ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާއިން ލެވެންޓޭ ބަލިކޮށްފިއެވެ.
ލެވެންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-2 އިންނެވެ.
ބާސާއިން މެޗުގެ ބޮޑުބައި ކޮންޓްރޯލްކުރި ނަމަވެސް ފުރަތަމަ ހާފު ވީ ލެވެންޓޭގެ ހާފަކަށެވެ. އެ ގޮތުން، މެޗުގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ލެވެންޓޭއަށް ކާމިޔާބުކޮށްދިނީ އިވާން ރޮމޭރޯއެވެ. އަދި، ފުރަތަމަ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެވެންޓޭގެ ލީޑު ފުޅާކޮށްދިނީ ހޯސޭ ލުއިސް މޮރާލޭސްއެވެ.
ދެވަނަ ހާފު ބާސާއިން ފެށީ އާ ހިތްވަރަކާ އެކެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ބާސާއިން ފުރަތަމަ ލަނޑު ޖަހައި ތަފާތު ކުޑަކުރުމެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރީއެވެ. އަދި، 52 ވަނަ މިނެޓްގައި ފެރާން ޓޯރޭޒް ކާމިޔާބުކޮށްދިން ލަނޑުން ބާސާއިން ނަތީޖާ ހަމަހަމަކުރިއެވެ. މެޗުން ބާސާ މޮޅުވި ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ލެވެންޓޭގެ އުނާއި އެލްގެޒަބާއީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ކާމިޔާބީއާ އެކު ބާސާ މިހާރު ވަނީ މިވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަދި، އެ ޓީމު މި ވަގުތު އޮތީ ހަ ޕޮއިންޓާ އެކު އެއްވަނައިގައެވެ. މެޗުން ބަލިވި ލެވެންޓޭ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ 18 ވަނައިގައެވެ.
މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ރެއާލް ބެޓިސްއާއި އަލަވޭސް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ބެޓިސް ކާމިޔާބުކޮށްފައިވާއިރު ރެއާލް މަޔޯކާއާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. އަދި، އެޓްލެޓިކޯ މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު ވެސް ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.