ވަޒީރު އެދިވަޑައިގަތުމުން ތިން ރަށެއްގައި 60 ރުއް އިންދައިފި: މިނިސްޓްރީ

މިނިވަން 60 ފާހަގަ ކުރުމަށް މިނިސްޓަރު ރުއް އިންދަވަނީ -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

ރާއްޖޭގެ ރަށްތަކުގައި ދިވެހި ރުއް ގިނައިން އިންދަން ދަނޑުވެރިކަމާ ބެހޭ ވަޒީރު, ޑރ. މަރިޔަމް މާރިޔާ އެދިވަޑައިގެންފައި ވަނިކޮށް, ތިން ރަށެއްގައި 60 ރުއް އިންދާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސާބާގައި ހުޅުމާލޭގައި 60 ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު މާރިޔާ ވިދާޅުވީ, ހުރިހާ ރަށެއްގައި ދިވެހި ރުއް އިންދުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި, މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް މި އިލްތިމާސް ފޮނުއްވާފައެވެ.

މިނިސްޓަރު އެ ދުވަހު އެކަން އިލްތިމާސްކުރައްވާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަދުރު ރުއް އިންދައިގެން ފާޑުކިޔުން އޮތީ އަމާޒުވެފައެވެ.

https://www.sun.mv/209811

މިނިސްޓްރީން މިއަދު ބުނީ, މިނިސްޓަރުގެ އެ އިލްތިމާސްއާއެކު ރާއްޖޭގެ އެކި ރަށްތަކުގައި މިވަނީ ރުއް އިންދަން ފަށާފައި ކަމަށެވެ. އެ ގޮތުން، ލ. ފޮނަދޫ، ގދ. މަޑެވެލި، ކ. ކާށިދޫގައި ވަނީ 60 ރުއް އިންދާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ރާއްޖެއަަށް ދިމާވެފައިވާ ކާށީގެ ދަތިކަމުން އަރައިގަތުމަށް ރުއް އިންދާ އާލާ ކުރުމަކީ ވަރަށް މުހިންމު ކަމެެއް ކަމަށެވެ. އަދި، ރުކުގެ ބައިތަކާއި އޭގެން ލިބޭ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރުއް އިންދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް