ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ، ހަފުތާއެއް ވެއްޖެ

ގެއްލިގެން ހޯދާ މަސީހް އަބްދުލް ހަކީމް --

ހުޅުމާލޭން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ހޯދަމުން އަންނަނީ ފުވައްމުލަކަށް ނިސްބަތްވާ، ދޫޑިގަން، ފަސީހްއާބާދު، 41 އަހަރުގެ މަސީހް އަބްދުލް ހަކީމް ކަމަށެވެ.

އޭނާ ގެއްލިފައިވާކަމަަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހުކަމަށް ފުލުހުން ބުންޏެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދާ މަސީޙް ޢަބްދުލް ޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށެވެ. އާއިލާއިން ބުނި ގޮތުގައި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެފަހުން ވެފައިވަނީ މި މަހުގެ 20ވަނަ ދުވަހެވެ.

ފުލުހުން ވަނީ މަސީޙް ޢަބްދުލް ޙަކީމްއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރަން އެދިފައެވެ.

comment ކޮމެންޓް