ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ޒުވާނަކު މަރުވެއްޖެ، އޮޓޮޕްސީ ހަދަނީ

ފުލުހުންގެ ކާރެއް: ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި, ކުއްލި ގޮތަކަށް 21 އަހަރުގެ ދިވެހި ޒުވާނަކު މަރުވުމުން ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށައިފައި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި, ކުއްލި ގޮތަކަށް 21 އަހަރުގެ ދިވެހި ޒުވާނަކު މަރުވުމުން ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ޒުވާނާ މަރުވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އެ ޒުވާނާގެ ވަނަވަރެއް ވެސް, އަދި އެކަން ހިނގި ރިސޯޓްގެ އެއްވެސް ތަފްސީލެއް ވެސް ފުލުހުން އަދި ނުދެއެވެ.

ފުލުހުން އިތުރަށް ބުނީ އެ ޒުވާނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް