އައިމީ ބައި އެންޑް ވިން ޕްރޮމޯޝަން 2025: އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު!

އައިމީ ބައި އެންޑް ވިން ޕްރޮމޯޝަން 2025ގައި ބައިވެރިވެ އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި -- ފޮޓޯ/ އެޑީކޭ ޖެނެރަލް ޓްރޭޑިން

އެޑީކޭ ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ މަޝްހޫރު އައިމީ ނޫޑުލްސްގެ ޚާއްސަ ޕްރޮމޯޝަނެއް ކަމަށްވާ "އައިމީ ބައި އެންޑް ވިން ޕްރޮމޯޝަން 2025" ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް އަގުހުރި އެތައް އިނާމުތަކެއް ހޯދުމުގެ ރަނގަޅު ފުރުސަތެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، އެއްފަހަރާ އައިމީ ނޫޑުލްސްގެ ފަސް ޕެކެޓު ނުވަތަ ފަސް ކަޕް ގަނެ، އެ ގަތް ރަސީދުގެ ފޮޓޯ 7939339 މި ނަންބަރަށް ވައިބާކޮށްލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުން ލިބިގެންދާނެ އިނާމުތައް:

  • ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1،000 ރުފިޔާގެ ގިފްޓް ވައުޗަރެއް
  • ޕްރޮމޯޝަން ނިމުމުން، ހޮވޭ ތިން ނަސީބުވެރިއަކަށް އެއް އަހަރު ދުވަހުގެ އައިމީ ނޫޑުލްސް ހިލޭ

އެއީ ކޮންމެ މަހަކު 30 ޕެކެޓް ހިމެނޭ ތިން ކޭސް، 12 މަސްދުވަހަށް ލިބޭނެ އަގުބޮޑު އިނާމެކެވެ.

އައިމީ ނޫޑުލްސް ގަންނަން ލިބޭނެ ތަންތަން:

  • ޖީޓީ ސްނެޕް (ސޯސަން މަގު)
  • ގަންނަމާޓް (ބުރުޒު މަގު)
  • ގަންނަމާޓް 2 (ހުޅުމާލެ ފޭސް 2)

އައިމީ ބައި އެންޑް ވިން ޕްރޮމޯޝަން 2025ގައި ބައިވެރިވެ އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި -- ފޮޓޯ/ އެޑީކޭ ޖެނެރަލް ޓްރޭޑިން

މީގެ އިތުރުން އެޑީކޭ ޖެނެރަލް ޓްރޭޑިންގެ ޕާޓްނާ ފިހާރަތަކުން ވެސް މި އުފެއްދުން ލިބެން ހުންނާނެއެވެ.

ހަމައެއާއެކު ގަންނަމާޓް މޮބައިލް އެޕް މެދުވެރިކޮށް ވެސް އައިމީ ނޫޑުލްސް އޯޑަރުކޮށްލެވޭނެއެވެ. މި އެޕް ބޭނުންކޮށްގެން އޯޑަރުކުރާނަމަ ހިލޭ ޑެލިވަރީގެ ޚިދުމަތް ލިބޭނެއެވެ. އަދި ކަސްޓަމަރުންގެ ބިޒީ މަސައްކަތާއި ސްކޫލް ޝެޑިއުލްއަށް ބުރޫ ނާރާނެހެން، ޑެލިވަރީ ކުރަން ބޭނުންވާ ވަގުތެއް އެޕް މެދުވެރިކޮށް ފަސޭހައިން ހޮވާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ އެހެން އުފެއްދުންތަކާ ގުޅޭ އިތުރު މައުލޫމާތު، ވައިބާ ހޮޓްލައިން ނަންބަރު 7885965 އަށް ގުޅައިގެން ނުވަތަ އެޑީކޭ ޖެނެރަލް ޓްރޭޑިންގެ ވައިބާ ކޮމިއުނިޓީއިން ވެސް ބަލައިލެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވީމާ، އަވަހަށް ވިޔަފާރިކޮށްލައިގެން މި އަގުހުރި އިނާމުތައް ކާމިޔާބުކުރުމުގެ ފުރުސަތު ހޯދުމަށް އެޑީކޭ ޖެނެރަލް ޓްރޭޑިންއިން ވަނީ އެދިފައެވެ.

comment ކޮމެންޓް